ޚަބަރުރާއްޖެ

މުއިއްޒު ގައުމިއްޔަތަށް ބޭވަފާތެރި ވެއްޖެ- ޑރ.ޖަމީލް

December 30, 2023

Share this story

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ގައުމިއްޔަތަށް ބޭވަފާތެރިވެއްޖެ ކަމަށް ކުރީގެ ނައިބުރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.solexsolex

މިސަރުކާރަށް ބަރަށްބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ޑރ.ޖަމީލްގެ ފާޑުކިއުން އަނެއްވެސް ސަރުކާރާ ރައީސުލްޖުމްހޫރިއްޔާއަށް އަމާޒުވެފައި މިވަނީ އިދިކޮޅުގެ 13 މެމްބަރުން ސަރުކާރު ހިންގާ ޕީއެންސީއަށް ސޮއިކުރައްވާފައި ވަނިކޮށެވެ. ޑރ.ޖަމީލް ވިދާޅުވީ މިއަދު ރައީސް މުއިއްޒު ވަނީ ޕީޕީއެމްގެ ފިކުރަށް ވެސް ބޭވަފާތެރިވެފައި ކަމަށެވެ. އަދި ގައުމިއްޔަތާއި, ސާފުވެރިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ބޭވަފާތެރިވެއްޖެ ކަމަށް ވިދާޅުވިއެވެ.

ދިވެހިންގެ ރާއްޖޭގެ ތިޔަ ދަތުރަކީ ފަސާދައާ ކޮރަޕްޝަނާ ރިޝްވަތުން ޖަރީ ކުރެވިފައިވާ ނާމާން، ދީނީ އަޚްލާގަށް ބިރުވެރި ދަތުރަކަށްވެ ނިމިއްޖެ!

13 މެމްބަރުންނާއެކު ރައީސް ޑރ.މުހައްމަދު މުއިއްޒު ނެންގެވި ފޯޓޮއަށް އިޝާރާތްކުރައްވާ ޑރ.ޖަމީލް ވިދާޅުވީ އެފޮޓޯގައި ތަފާތަކީ ރ. މުއިއްޒު ހުންނެވި ތަނުގައި ރ. އިބޫ ހުންނެވުން ކަމަށެވެ. ރައީސް ޔާމީނާއެކު ހުންނެވި ޖަމީލް ވިދާޅުވީ މިއަދު ގައުމިއްޔަތު ދަސްކޮށް ދެނީ ހަމަ އެއްއަޚްލާގަކަށް ކޮރަޕްޝަން ކަމަށެވެ. ގައުމިއްޔަތު ދަސްކޮށްދެނީ ރިޝްވަތުގެ ޙަރާމް އަމަލާއި, ފަސާދަ ކަމަށް ވިދާޅުވިއެވެ. ގައުމިއްޔަތުގެ ވާހަކަ ބޮޑަށް ދެކެވެމުން ދަނީ ރައީސް ޑރ.މުހައްމަދު މުއިއްޒު ގައުމިއްޔަތު ދިރުވަން ވަރަށް ބޮޑު އިސްކަމެއް ދެއްވާ އެވާހަކަ ތަކުރާރުކުރައްވަމުންދާތީ އެވެ.

ޑރ.ޖަމީލް ވިދާޅުވީ މިއަދު ރައީސް މުއިއްޒުއާ ގުޅުނީ އިއްޔެ އެމްޑީއެން ދިފާޢުކުރި މީހުން ކަމަށެވެ. އެއީ އިއްޔެ ކަނޑު ވިއްކާލުން ދިފާޢުކުރި, ބޭރު ސިފައިން ތިބުން ދިފާޢުކުރި މީހުން ކަމަށެވެ. އަދި އެއީ ޕީޕީއެމް/ޕީއެންސީ ބުނަމުންދިޔަ 'ޗޯރު' ސަރުކާރު ދިފާޢުކުރި މީހުންކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ. ވިދާޅުވީ ޕީއެންސީ އަށް ސިއިކުރެއްވި މަޖިލިސް މެމްބަރުންނަކީ ކޮވިޑް ވައްކަމާއި, ވެންޓިލޭޓަރާއި, އިބޫގެ ކޮރަޕްޝަން ދިފާޢުކުރި މީހުން ކަމަށެވެ. ރައީސް މުއިއްޒުއާއެކު މިއަދު ތިއްބެވި މަޖިލިސް މެމްބަރުންނަކީ އިބޫގެ ސަރުކާރުގެ ހުރިހާ ގޯހެއް ދިފާޢުކުރި މީހުން ކަމަށް ޖަމީލް ވިދާޅުވިއެވެ.

މިއަދު ރ. މުއިއްޒުއާ ރ. އިބޫގެ ތަފާތެއް ނެތް. އެއްމަގެއް. އެއްބައެއް. އެއް އަމަލެއް.

މިއަދުގެ ސަރުކާރަށް އެންމެ ބޮޑަށް ފާޑުކިޔަމުން ފެންދަނީ ރައީސް ޔާމީންގެ ޕާޓީ ޕީއެންއެފް އުފައްދަވަން މަސައްކަތްކުރައްވާ ބޭފުޅުންނެވެ. އޭގެތެރޭގައި ޑރ.ޖަމީލް އާއި ކުރީގެ މިނިސްޓަރ މުހައްމަދު މަލީހު ޖަމާލް ހިމެނި ވަޑައިގަންނަވައެވެ.