އިތުރު ލިޔުން ހުށަހަޅަން ފުރުޞަތު ނުދެވެނީ އިތުރަށް ޗެކް ކުރަން ކުރެވުނު މަސައްކަތަށްވާތީ- މިނިސްޓްރީ
March 09, 2025
Share this story

ފްލެޓް ލިސްޓާ ގުޅިގެން ޝަކުވާ ހުށަހަޅާއިރު އިތުރު ލިޔުން ހުށަހަޅަން ފުރުޞަތު ނުދެވެނީ އިތުރަށް ޗެކް ކުރަން ކުރެވުނު މަސައްކަތަށްވާތީ ކަމަށް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ބުނެފިއެވެ. solex
އެޒުވާޒާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އިތުރު ލިޔުންތައް ހުށަހަޅަން ފުރުޞަތު ނުދެވެނީ މިއީ އިވެލުއޭޝަނަށްފަހު ނެރެވުނު ވަގުތީ ލިސްޓާއި ގުޅިގެން ހުޅުވާލެވުނު ޝަކުވާ ހުށަހެޅުމުގެ މުއްދަތުގައި ލިޔުން ހުށަހެޅުމަށް ފުރުޞަތު ދެވި ފައިނަލް ކުރެވިގެން ނެރެފައިވާ ލިސްޓެއް އިތުރަށް ޗެކް ކުރަން ކުރެވުނު މަސައްކަތަކަށްވާތީ ކަމަށެވެ.
މިނިސްޓްރީން ބުނީ ވެރިފިކޭޝަނަށް ފަހު ނެރެފައިވާ ލިސްޓަށް ޝަކުވާ ހުށަހެޅުމަށް ދެވިފައިވާ ފުރުޞަތަކީ ވެރިފިކޭޝަންގައި މިނިސްޓްރީން އެޕްލިކޭޝަން ފޯމެއްގައި ހުރި މަޢުލޫމާތާއި ހުށަހަޅާފައިވާ ލިޔުންތައް ބެލުމުގައި ގޯސްކޮށް ކަމެއް ކުރެވިފައިވާނަމަ އެކަން ރަނގަޅު ކުރުމަށް ދެވިފައިވާ ފުރުޞަތެއް ކަމަށެވެ. އަދި މި 4000 ފްލެޓް ލިބުމުގެ ފުރުޞަތު ނުލިބޭ ފަރާތްތައް އަލުން ބޯހިޔާވަހިކަމަށް ހުށަހެޅުމުގެ ތަކުލީފު ތަހަންމަލު ކުރަން ނުޖެހޭނެކަމަށާއި، ބޯހިޔާވަހިކަމާއި ގެދޮރުވެރިކަމަށް ބޭނުންޖެހިފައިވާ ކޮންމެ ދިވެހި ރައްޔިތަކަށް އެ ފުރުޞަތު ކަށަވަރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދުގެ ދަށުން، އެ ފަރާތްތަކަށްވެސް މި ދައުރުގައި ބޯހިޔާވަހިކަމުގެ ފުރުޞަތު ލިބިގެންދާނެކަމުގެ ކަށަވަރުކަން މިނިސޓްރީން ވަނީ ދީފައެވެ.
ނޫސްބަޔާނުގައި ބުނެފައިވަނީ އެއްވެސް ފަރާތަކަށް ލިބިފައިވާ ޕޮއިންޓަށް ބަދަލު އައިސްފައިވާނަމަ އައިސްފައިވާނީ ފޯމުލީ ފަރާތުން ދީފައިވާ މަޢުލޫމާތާއި ޚިލާފަށް ޕޮއިންޓް ދީފައިވާނަމަ ކަމަށެވެ. އެކަން ފޯމު ލީ ފަރާތްތަކަށް ޕޯޓަލްއިން އެނގެން ހުންނާނެ ކަމަށްވެސް މިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.
މިނިސްޓްރީގެ ބަޔާނުގައި ބުނީ ސައްހަކަން ކަށަވަރުކޮށް ނެރުނު ލިސްޓާ ގުޅިގެން އެމްޑީޕީން ނޫސްވެރިންގެ ބައްދަލުވެއް ބާއްވާ ދެއްކި ވާހަކަތަކަކީ ރައްޔިތުންނަށް ހަގީގަތް އޮޅުވާލުމަށް ދެއްކި ވާހަކަތަކެއް ކަމަށެވެ.