ޚަބަރުރާއްޖެ

ފަނޑިޔާރުގެ މިނިވަން ކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރުމަށް އެމްޑީޕީން ގޮވާލައިފި

March 04, 2025

Share this story

ލިޔުނީ

އަށްޑުވަސް,

އެމްޑީޕީ

ފަނޑިޔާރުގެ މިނިވަން ކުރުމަށް ކުރެވެންހުރި ހުރިހާކަމެއް ކުރުމަށް ދައުލަތުގެ އިދާރާތަކަށް އިދިކޮޅު އެމްޑީޕީން ގޮވާލައިފި އެވެ. އެޕާޓީން މިކަމަށް ގޮވާލީ ސަރުކާރުން ސްޕްރީމް ކޯޓް ފަނޑިޔާރުންނަށް ބިރުދައްކާ, ވަކިގޮތަކަށް މައްސަލަ ނިންމަން މަސައްކަތްކުރާ ކަމަށް ތުހުމަތުކުރައްވާ އެކޯޓްގެ ފަނޑިޔާރުކަމުން ހުސްނުއް ސުޢޫދު އިސްތިއުފާދެއްވި ދެއްވުމަށް އިޝާރާތް ކުރަވައެވެ. solexsolex

އެމްޑީޕީން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ ދުސްތޫރީ މައްސަލަ ސްޕްރީމް ކޯޓަށް ބެލޭނެ ކަމަށް ކަނޑައަޅާ, ބަލަން ފެށުމާ ގުޅިގެން ޖޭއެސްސީއާ އޭސީސީ މެދުވެރިކޮށް ފަނޑިޔާރުންގެ މައްސަލަ ބަލަނީ އަސާސެއް ނެތި ކޯޓްގައި އޮތް މައްސަލަ ސަރުކާރުން ބޭނުންވާ ގޮތަށް ނިންމުވަން ނުފޫޒު ފޯރުވުމުގެ ގޮތުން ކަމަށެވެ. އެކަމާ ނުހަނު ކަންބޮޑުވާކަމަށް އެމްޑީޕީގެ ބަޔާނުގައި ބުނެފައި ވެއެވެ.

އެމްޑީޕީން ބުނީ އާރާއި ބާރު މިއަދު އޮތުމުން އެމައްސަލަ ނުބެލޭނެ ކަމުގެ ޔަގީންކަން ރައީސް މުއިއްޒު އަށް މިއަދު އޮތަސް, މުޅި ރާއްޖޭގެ ދުސްތޫރީ ނިޒާމް ފުނޑުފުނޑު ކޮށްލުމަށް ރައީސް ޑރ.މުއިއްޒު އިސްވެ ހުންނަވާ ދެމުންދާ ހަމަލާތައް ތަހުގީގުކޮށް, ހަރުކަށި އަދަބު ދިވެހިރައްޔިތުން ދޭނެކަން ހަނދުމަފުޅުކޮށް އަރުވާ ކަމަށެވެ.