ޚަބަރުރިޕޯޓް

އާ މޭޔަރު ރައީސް އަށް: ރައްޔިތުން ބޭނުންވަނީ އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތު

January 23, 2024

Share this story

އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތު ތަންފީޒުކޮށްދޭން މާލޭ ސިޓީގެ އާ މޭޔަރު އާދަމް އާޒިމް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ އަރިހުން އެދިވަޑައިގެންފި އެވެ.solexsolex

މާލެ ސިޓީ ކައުންސިލްގެ މޭޔަރުކަމުގެ ހުވާކުރެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާވެސް ބައިވެރިވެވަޑައިގެން އިންނެވި ރަސްމިއްޔާތުގައި އެމަނިކުފާނާ މުހާތަބުކުރައްވާ މޭޔަރު ވިދާޅުވީ މާލޭގެ ރައްޔިތުން ބޭނުންވަނީ އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާދަތު ތަންފީޒުވާން ކަމަށެވެ. ކެމްޕެއިން ތެރޭގައި މާލޭގެ އެތައްހާސް ރައްޔިތުން ކައިރިއަށް ޒިޔާރަތްކުރައްވާ, އެރައްޔިތުންގެ އަޑު އެއްސެވި ކަމަށް ވިދާޅިއެވެ. މޭޔަރު ވިދާޅުވީ އެރައްޔިތުންގެ އަޑަކީ ބުރިޖަކުން ގުޅިފައިވާ ސަރަހައްދުތަކުން ބޯހިޔާވަހިކަންދީ ވަޒަންވެރި ވުން ކަމަށެވެ.

އެމީހުން އެދެނީ ހުޅުމާލެ ފޭސް ތިނަކާއި, ގުޅިފަޅާއި, ގިރާވަރު ފަޅާއި, އުތުރު ތިލަފަޅަށް އަމާޒުވި އެމްޑީޕީގެ ބޯހިޔާވަހިކަމުގެ ސިޔާސަތާ އެއްގޮތަށް ކަންވެގެންދާން. ބްރިޖުން ގުޅާލެވޭ މިތަންތަނުގައި ބީހިޔާވަހިކަމުގެ ހަޔާތެއް ފަށަން. މިމަގުން މިކަން ގެންގޮސްދެއްވުމަށް ދެއްނެވުމަކީ މިރޭމިތާހުރެ އަޅުގަނޑު އަދާކުރާ އެންމެ މަތިވެރި ވާޖިބު.

މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެންމެ އަވަސް ތަރައްގީ ގެނެވޭނީ, އަދި އެތަނެއްގައި އުޅެވޭނީވެސް ބުރިޖަކުން ގުޅާލެވޭ ހިސާބުގައި އޮތް ތަންތަނުގައި ކަމަށާއި, ދިމާވެފައިވާ މިހައްސާސް މައްސަލައަށް އަވަސް ހައްލެއް ހޯދައިދެވެން އޮތް މަގަކީވެސް އެއީ ކަމަށެވެ. މޭޔަރު ކަމުގެ ކެމްޕެއިން ތެރޭގައިވެސް ދެއްކެވި ވާހަކަތައް ތަކުރާރުކުރައްވާ އާދަމް އާޒިމް ވިދާޅުވީ ބޯހިޔާވަހިކަމުގެ ހައްލެއް އޮތީ ފުރަތަމަ މަރުހަލާގައިވެސް ބުރިޖަކުން ގުޅާލެވޭ ސަރައްހައްދުތައް ތަރައްޤީ ކޮށްގެން ކަމަށެވެ. ވިދާޅުވީ މާލޭގެ ރައްޔިތުން އެދެނީ އުތުރުތިލަފަޅުގެ ވަޒަންވެރިންކަމުގައި ވުމަށް ކަމަށެވެ. އުތުރު ތިލަފަޅުން ބިންދޭން އެމްޑީޕީ ސަރުކާރުން ނިންމާފައި އޮތް ނިންމުން ކުރިއަސްގެންގޮސްދެއްވުމަށްވެށް މޭޔަރު ވަނީ އެދިވަޑައިގެންފައެވެ.

އަޅުގަނޑު އެދެނީ މާލޭގެ އިހުތިސާސުން ގުޅީފަޅު, ގިރާވަރުފަޅު, އުތުރުތިލަފަޅު, އަދި ހުޅުމާލެ ފޭސް ތިނެއްވެސް ވީހާވެސް އަވަހަކަށް ލައްވައިދެއްވާށޭ.

ނަމަވެސް މިސަރުކާރުގެ ބޯހިޔާވަހިކަމުގެ އެންމެ ބޮޑު ސިޔާސަތު ގުޅިފައިވަނީ ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްޤީކުރާ ރަސްމާލެ އާއެވެ. އެއީ ރާއްޖޭގައި މިހާތަނަށް ހިންގާ ބިންހިއްކުމުގެ އެންމެ ބޮޑު މަޝްރުޢުވެސް މެއެވެ. ރޭގެ ރަސްމިއްޔާތުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ މާލެއާ ރަސްމާލެ ކަނޑު އަޑީގެ ޓަނަލަކުން ގުޅާލައްވާނެ ކަމަށްވެސް ވިދާޅުވެފައެވެ.

މޭޔަރު އާދަމް އާޒިމް ވަނީ އެމަނިކުފާނަށް ފެނިވަޑައިގެންނެވި މާލޭގެ ބޯހިޔާވަހިކަމުގެ ހާލަތުވެސް ސިފަކޮށްދެއްވާފައެވެ. މާލޭގެ ރައްޔިތުންނަށް ދިމާވެފައިވާ އެންމެބޮޑު ތަކުލީފަކީ ބޯހިޔާވަހިކަން ކަން ފާހަގަކުރައްވާ ވިދާޅުވީ މާލޭގެ ދިރިއުޅުމުގެ ހާލަތަށް ބަލާއިރު ފެންނަނީ ފިއްކަނޑައިގެންދާހާ ހިތްދަތި މަންޒަރުތައް ކަމަށެވެ. އެމަންޒަރުތަކުން ހިތުގައި ކުޑަވެސް ރަހުމެއް ހުރި މީހެއްގެ ލޯ ކަރުނުން ތެންމާނުލައެއް ނުދާނެ ކަމަށް ވިދާޅުވިއެވެ.

ސިޔާސީ މީހުން މިކަންތައްތަކަށް ހައްލުނުހޯދާތީ އެތައްބަޔަކު ކުށުގެ ވެއްޓަށް ހުށަހެޅިއްޖެ.

މޭޔަރު ވިދާޅުވީ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދޭން އިހުލާސްތެރި މަސައްކަތެއް ކޮށްދެއްވިޖެ ނަމަ އެމައްސަލަ ހައްލުކޮށްދެވޭނެ ކަމަށެވެ. އެކަން ހައްލުކޮށްދެވިއްޖެނަމަ އަޅުގަނޑުމެން ވާނީ ރައްޔިތެއްގެ އަޑު އެހި ބަޔަކަށް އަދި އެ ހިތްތަކަށް ތަސައްލީއެއް ހޯދައިދިން ބަޔަކަށް ކަމށް ވިދާޅުވިއެވެ.

މޭޔަރު މާލޭގެ ބޯހިޔާވަހިކަމުގެ ހާލަތު ސިފަކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އިތުރުން ވަޒީރުންނާއި, ސަރުކާރުގެ އިސް ބޭފުޅުންނާއި, ރައްޔިތުންގެ މަޖިލިހުގެ ރައީސްއާއި, މެމްބަރުން ބައިވެރިވެވަޑައިގެންނެވ ރަސްމިއްޔާތުގައެވެ.