ޚަބަރުދުނިޔެ

ފަރަންސޭސި ވިލާތުގެ އިންތިހާބުގައި މުސްލިމުންނާއި އިދިކޮޅު އާރްއެން އަށް ނާކާމިޔާބާއި ކުރިމަތިލާން ޖެހިއްޖެ

July 08, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ފްރާންސް

ފަރަންސޭސި ވިލާތުގެ ޢާންމު އިންތިޚާބުގެ ދެވަނަ ބުރުގައި، އެޤައުމުގެ މުސްލިމުންނާއި ދެކޮޅަށް އަޑުއުފުލި އިދިކޮޅު ލީޑަރު މަރީން ލެ ޕެންގެ ނޭޝަނަލް ރެލީ (އާރްއެން) އަށް ނާކާމިޔާބީ އާއި ކުރިމަތިލާން ޖެހިއްޖެއެވެ. solexsolex

ޖުލައި 7 ވަނަ ދުވަހު ބޭއްވި އިންތިޚާބު ކާމިޔާބުކޮށްފައި ވަނީ ވެރިކަން ކުރާ މެދުމިނުގެ ޕާޓީތަކާއި ވައަތު ފިޔައިގެ ސިޔާސަތުތަކަށް ތާޢީދު ކުރާ ޕާޓީތަކުން ގުޅިގެން، އުފައްދާފައިވާ ނިއު ޕޮޕިއުލަރ ޕްރަންޓް (އެންޕީއެފް) ކޯލިޝަނެވެ. އެއްވެސް ޕާޓީއަކަށް އަމިއްލައަށް ސަރުކާރު އެކުލަވާލެވޭ މިންވަރަށް ތާޢީދު ލިބިފައެއް ނުވެއެވެ. އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގައި އެންޕީއެފް ކޯލިޝަންގެ ޕާޓީތަކުން ގުޅިފައިވާ ސަރުކާރެއް އެކުލަވާލުމުގެ މަޝްވަރާތައް ފަށާނެ ކަމަށް ބެލެވެއެވެ.

އިންތިޚާބުގެ ނަތީޖާއަށް ބަލާއިރު، ވައަތު ފިޔައިގެ ސިޔާސަތުތަކަށް ތާޢީދުކުރާ މެންބަރުން ވަނީ ޤާނޫނު ހަދާ މަޖިލީހުގެ 182 ގޮނޑި ކާމިޔާބުކޮށްފައެވެ. ރައީސް މެކްރޯންގެ މެދުމިނުގެ ސިޔާސަތުތަކަށް ތާޢީދުކުރާ ކެންޑިޑޭޓުންނަށް ލިބުނީ 168 ގޮނޑިއެވެ. އަދި ލެ ޕެންގެ އާރްއެނުން ވަނީ 143 ދާއިރާއިން ކާމިޔާބު ހޯދާފައެވެ.

ފަރަންސޭސިވިލާތުގެ މުސްލިމުން ފާހަގަކުރާ ގޮތުގައި އާރްއެން އަކީ އިސްލާމް ދީނާ ދެކޮޅު އަދި މުސްލިމުންނަކީ އެމީހުންގެ ދުޝްމަނުންގެ ގޮތުގައި ދެކޭ ޕާޓީއެވެ. އާރްއެން އަށް އިންތިޚާބުގައި ކާމިޔާބީ ލިބުނު ނަމަ ފަރަންސޭސި ވިލާތުގެ މުސްލިމް އާބާދީއަށް ނުރައްކާތެރި އަދި ބިރުވެރި ދުވަސްތަކަކާ ކުރިމަތިލާން ޖެހުނީސް ކަމަށް ފަރަންސޭސިވިލާތުގެ ގިނަ މުސްލިމުން ދެކެއެވެ.