ޒަޙަމްވެފައިވާ 45 ބަލިމީހުން އިތުރު ފަރުވާއަށް ޣައްޒާއިން ބޭރަށް
December 31, 2024
Share this story
ލިޔުނީ
އަށްޑުވަސް,
ހަނގުރާމައިގެ ސަބަބުން ސުންނާފަތިވެފައިވާ ޣައްޒާއިން 45 ބަލި މީހަކު އިތުރު ފަރުވާއަށް ޣައްޒާއިން ބޭރަށް ގެންދެވިއްޖެކަމަށް އދ ން ބުނެފިއެވެ. އދ ން ބުނީ އިޒްރާއިލްގެ ހަމަލާތަކުގައި ފަލަޞްޠީނުގެ ސިއްޙީ ނިޒާމު އެއްކޮށް ހަލާކުކޮށްލާފައިވާ ވާ ކަމަށެވެ. އަދި ސިއްހީ އިންފްރާސްޓްރަކްޗަރގެ ބޮޑު އިންސްއްތައެއް އެއްކޮށް ހަލާކުވެފައިވާކަމަށްވެސް އދ ން ވަނީ ބުނެފައެވެ.solex
އަންގާރަ ދުވަހު ޚާންޔޫނުސްގެ ދެކުނުގެ ސިޓީގައި ހުންނަ ޔޫރަޕިއަން ހޮސްޕިޓަލްގައި ތިބި 45 ބަލިމީހަކު ވަނީ ޝަލޮމް ކްރޮސިންގް އިން އިޒްރާއިލްއަށް ގެންގޮސްފައެވެ. ފަލަޞްޠީނުގެ ސިއްހީ އޮފިޝަލުންނާ ޙަވާލާދީ އެސޯސިއޭޓް ޕްރެސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އިތުރު ފަރުވާއަށް އެމީހުން ގެންދިއުމަށް ހަމަޖެހިފައިވަނީ އެކުވެރި އަރަބި އިމާރާތަށެވެ.
އިތުރު ފަރުވާއަށް ޣައްޒާއިން ބޭރަށް ގެންދެވުނު މީހުންގެ ތެރޭގައި 10 އަހަރުގެ ޢަބްދުالله އަބޫ ޔޫސުފް ވެސް ހިމެނެއެވެ. ކިޑްނީ ފެއިލްވެފައިވާ އަބޫ ޔޫސުފް އާއެކު އޭނާގެ ދައްތަ ދަތުރުކުރުމށް ހަމަޖެހިފައި ވާއިރު އެކުއްޖާގެ މަންމަ އޭނާއާއެކު ދަތުރުކުރުމަށް އިޒްރާއިލް އިން ހުއްދަ ދީފައެއް ނުވެއެވެ.
"އެދަރިފުޅު ވަރަށް ބަލި. ހަފްތާއަކު ހަތަރު ދުވަހު އޭނާ ޑަޔަލިސިސް ހަދަންޖެހޭ. އަހަރެން ދަރިފުޅާއެކު ދާކަށް ހުއްދައެއް ނުދިން. އެމީހުން (އިޒްރާއިލް) އިން ބުނީ ސަލާމަތީ ސަބަބަކާ ހުރެއޭ. އަހަރެން އެމީހުނަށް ބިރަކަށް ވީ ކީއްވެ!" އަބޫ ޔޫސުފްގެ މަންމަ އަބީރް އަބޫ ޔޫސުފް އެސޮސިއޭޓް ޕްރެސްއަށް މަޢުލޫމާތު ދީފައި ވެއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން ބުނި ގޮތުގައި ސިއްހީ އިމަޖެންސީ އެހީ ބޭނުންވާ އެތައްހާސް ބަޔަކު ޣައްޒާގައި އެބަތިއްބެވެ. އެމީހުންނަށް ޣައްޒާގެ ހޮސްޕިޓަލް ތަކުން ފަރުވާ ދެވޭނެ ގޮތެއްނެތެވެ. ޣައްޒާއަށް އެތެރެވުމާއި ބޭރުވުމުގެ ހުރިހާ މަގެއް ކޮންޓްރޯލް ކުރަނީ އިޒްރާއިލްއިންނެވެ. 2024 ވަނަ އަހަރުގެ މެއި މަހުން ފެށިގެން ޣައްޒާ-މިޞްރު ރަފަޙް ބޯޑަރުވެސް ވަނީ އިޒްރާއިލްގެ ފުރުހަމަ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ.