ޚަބަރުދުނިޔެ

އެންމެފަހުން ބައިޑެން އާއި ދެކޮޅަށް ޕާޓީގެ ނުފޫޒު ގަދަ ބޭފުޅުން ތެދުވެއްޖެ

July 11, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އެމެރިކާ

އެމެރިކާގެ ރައީސް ޖޯ ބައިޑެންގެ ރިޔާސީ ކެމްޕޭނަށް ހުރަސްތަކެއް ކުރިމަތިވެފައި ވަނިކޮށް, އެންމެ ފަހުން އެމަނިކުފާނުގެ ޕާޓީގެ އެންމެ ނުފޫޒު ގަދަ ބައެއް ބޭފުޅުން އެމަނިކުފާނާ ދެކޮޅަށް ތެދުވެއްޖެއެވެ. solexsolex

އެގޮތުން ޑިމޮކްރެޓިކް ޕާޓީގެ އެންމެ ނުފޫޒުގަދަ އެއް މެންބަރު ނެންސީ ޕެލޯސީ އާއި ޕާޓީގެ ވަރުގަދަ ސަޕޯޓަރެއް ކަމަށްވާ އެކްޓަރު ޖޯޖް ކްލޫނީ ވެސް ވަނީ ރިޔާސީ ރޭސް ދޫކޮށްލުމަށް ބައިޑެން އަށް ގޮވާލާފައެވެ.

ކްލޫނީ ބުނެފައިވަނީ އޭނާ ބައިޑެން ދެކެ ލޯބިވި ނަމަވެސް، ބައިޑެންއަށް ކާމިޔާބު ނުކުރެވޭނެ ހަނގުރާމައަކީ ވަގުތާ ދެކޮޅަށް ކުރަންޖެހޭ ހަނގުރާމައެއް ކަމަށެވެ. އަދި މީގެ ތިން ހަފްތާ ކުރިން ބައިޑެންގެ ކެމްޕެއިނަށް ފަންޑު ހޯދުމަށް ބޭއްވި އިވެންޓުގައި ހުރި ބައިޑެން އަކީ 2010 ވަނަ އަހަރު ބައްދަލުވި ބައިޑެން ނޫން ކަމަށާއި އެހެން ބުނަން ޖެހޭތީ ވަރަށް ދެރަވާ ކަމަށް ވެސް ކްލޫނީ ބުނެފައިވެ އެވެ.

އެއީ 2020 ވަނަ އަހަރު ފެނުނު ބައިޑެންއެއް ވެސް ނޫން. އެއީ ހަމަ ރިޔާސީ ބަހުސްގައި އެ ފެނުނު ބައިޑެން،

ހޮލީވުޑްގެ ސްޓާރު ޖޫލިއާ ރޮބާޓްސް އާއި އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ބައިވެރިވެ ވަޑައިގެން ކްލޫނީ ބޭއްވި ފަންޑު ރެއިޒިން އިވެންޓުގައި ވެސް ބައިޑެން ފެނުނީ ވަރަށް ވަރުބަލިކޮށެވެ.

މިކަންތައްތަކާއި ބެހޭގޮތުން، އުމުރުން 81 އަހަރުގެ ބައިޑެން ވިދާޅުވަމުން ގެންދަނީ އޭނާއަށް ބަހުސްގައި ހުއްޓުން އަރައި ވާހަކަ ދައްކަން ދަތިވީ ޖީ7ގެ ސަމިޓަށް ވަޑައިގަތުމަށް ފަހު ސީދާ ބަހުސަށް ވަޑައިގަންނަވަން ޖެހުމާއި އޭރު ވަރަށް ވަރުގަދަ ރޯގާއެއް ޖެހިގެން އުޅުމުން ކަމަށެވެ.

ރައީސް ބައިޑެންގެ ވާހަކަފުޅު މިހެން ހުރި ނަމަވެސް ޑިމޮކްރެޓުންގެ ތެރޭގައި ބައިޑެންއަށް އޮތް ތާއީދު ދަނީ ވަރަށް ބޮޑަށް ދަށްވަމުންނެވެ. އިންތިހާބަށް ބައޑެން ނޫން އެހެން މީހަކު އެ ޕާޓީގެ ފަރާތުން ނެރުމަށް ގޮވާލާ އަޑު ދަނީ ގަދަވަމުންނެވެ. އަދި މިކަމާއި ގުޅިގެން އެޕާޓީގެ ތެރޭގައި ކުއްލި ބައްދަލުވުންތަކެއް ވެސް މިހާރު ބާއްވަމުން ދާކަމަށް މީޑިއާ ރިޕޯޓުތަކުން ބުނެެެއެވެ.