ޚަބަރުދުނިޔެ

ޓްރަމްޕަށް ހަމަލާދިން މީހާގެ ގެއިން ބޮން ހަދާ ސާމާނު ފެނިއްޖެ

July 15, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އެމެރިކާ

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕަށް ބަޑިން ހަމަލާދިން މީހާގެ ގެއިންނާއި ވެހިކަލުން ބޮން ހަދާ ސާމާނު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.solexsolex

ބީބީސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ބަޑިޖެހި ކަމަށް ތުހުމަތު ކުރެވުނު 20 އަހަރުގެ ތޯމަސް މެތިއު ކްރޫކްސް ދިރިއުޅޭ ޕެންސިލްވޭނިއާގެ ބެތެލް ޕާކުގެ ގެ ވަށައިގެން ފުލުހުން ބަންދުކޮށް ބަލައި ފާސްކުރިއިރު ބޮން ހަދާ ސާމާނު ވަނީ އޭނާގެ ގެއިންނާއި ވެހިކަލުން ފެނިފައެވެ.

މި ހަމަލާއަށް ފަހު ޓްރަމްޕްގެ ސިއްރު ފުލުހުން ވަނީ ހަމަލާދިން މީހާގެ ގަޔަށް ބަޑިޖަހައި މަރާލާފައެވެ. އަދި އިތުރު މީހަކު މި ހަމަލާގައި މަރުވެފައިވާއިރު، ފުލުހުން ދަނީ މި މައްސަލަ ހިނގި ސަބަބު ހޯދުމަށް ތަހުޤީގު ކުރަމުންނެވެ.

ބަޑީގެ ހަމަލާއިން ސަލާމަތްވުމާއެކު އެމެރިކާގެ ރައްޔިތުން އެއްބައިވަންތަކަމާއެކު ދެމިތިބުމަށް ޓްރަމްޕް ވަނީ ގޮވާލައްވާފައެވެ. މި ހާދިސާގައި ޓްރަމްޕްގެ ކަނާތު ކަންފަތުގެ މަތީ ބަޔަށް ވަޒަން އަރައި، ޒަޚަމްތަކެއް ލިބިފައިވެއެވެ.

އެފްބީއައިން ބުނެފައިވަނީ ހަމަލާ ދިން ސަބަބު އަދި ނޭނގޭ ކަމަށެވެ. އެމެރިކާގެ މިހާރުގެ ރައީސް ޖޯ ބައިޑެން ވަނީ މި ހާދިސާ ހަރުކަށި އިބާރާތުން ކުށްވެރިކޮށް ތަހްޤީޤު ކުރުމަށް ގޮވާލައްވާފައެވެ.

ޓްރަންޕަށް މިފަދަ ބަޑީގެ ހަމަލާއެއް ދީފައިވާއިރު، މި ހަމަލާއަކީ މިހާރުގެ ސަރުކާރުން ކުރީގެ އިސް ވެރިންގެ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ހަރަކާތްތެރިވާ ފަރާތްތަކުގެ ބޮޑު ފެއިލާއެއް ކަމަށް ގިނަބަޔަކު ގެންދަނީ ބުނަމުންނެވެ. އެ ފަރާތްތަކުން ބުނާ ގޮތުގައި ދުވާލުގެ ވަގުތެއްގައި އާއްމުންގެ ތެރޭގައި މިފަދަ ހަމަލާއެއް ދެވިގެނެއް ނުވާނެއެވެ.