ޓްރަމްޕްގެ ރަނިންމޭޓަކަށް ޒުވާނުންގެ ތާއީދު ބޮޑު ސެނެޓަރު ޖޭޑީ ވޭންސް ކަނޑައަޅައިފި
July 16, 2024
Share this story
ލިޔުނީ
އަށްޑުވަސް,
އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް، އޭނާގެ ރަނިންމޭޓެއްގެ ގޮތުގައި އޮހާޔޯ ސްޓޭޓް ތަމްސީލުކުރައްވާ ޒުވާނުންގެ ތާއީދު ބޮޑު ސެނެޓަރު ޖޭމްސް ޑޭވިޑް ވޭންސް ކަނޑައަޅުއްވައިފިއެވެ. solex
ރަސްމީކޮށް ޓްރަންޕް މިކަން އިއުލާނުކޮށްފައިވަނީ އޭނަ އަވަހާރަކޮށްލަން ދެވުނު ނުރައްކާތެރި ބަޑީގެ ހަމަލާއަށް ފަހު ވިސްކޮންސިން ސްޓޭޓްގެ މިލްވާކީގައި ބޭއްވުނު ރިޕަބްލިކަން ނޭޝަނަލް ކޮންވެންޝަން (އާރްއެންސީ)ގައެވެ.
ޓްރަމްޕް ވިދާޅުވީ ގިނަ ދުވަހު ވިސްނުމަށްފަހު، މަޝްވަރާތަކަށްފަހު، އަދި ގިނަ ބައެއްގެ ހުނަރުތައް ދިރާސާކުރުމަށްފަހު އެމެރިކާގެ ނައިބު ރައީސްކަމުގެ މަޤާމާ ހަވާލުވާން އެންމެ އެކަށީގެންވާ ބޭފުޅެއްގެ ގޮތުގައި އޭނާ ނިންމެވީ ސެނެޓަރު ޖޭޑީ ވޭންސް ކަމަށެވެ.
ކުރިން ޓްރަމްޕަށް ފާޑުވިދާޅުވެފައިވާ ވޭންސަކީ ފަހަކަށް އައިސް ޓްރަމްޕްގެ ސިޔާސަތުތަކަށް ތާއީދުކުރައްވާ، އަދި ޓްރަމްޕް ދިފާޢުކޮށް އެންމެ އަޑުހަރުކޮށް ވާހަކަދައްކަވަމުން ގެންދަވާ ބޭފުޅުންގެ ތެރެއިން ބޭފުޅެކެވެ. "ހިލްބިލީ އެލެޖީ" މަޝްހޫރު ފޮތް ލިޔުއްވާފައިވާ ވޭންސަކީ އުމުރުން 39 އަހަރުގެ ބޭފުޅެކެވެ.
މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ދެކޭގޮތުގައި ޓްރަމްޕްގެ ރަނިންމޭޓަކަށް ވޭންސް އިޚްތިޔާރުކުރެއްވުމުން ނޮވެންބަރު 5 ގައި ބޭއްވުމަށް ހަމަޖެހިފައިވާ އިންތިޚާބު ކާމިޔާބުކުރުމުގެ ފުރުސަތު ޓްރަމްޕަށް އިތުރުވެފައިވެއެވެ. އެއީ އެމެރިކާގެ ރަސްޓިކް ބެލްޓްގެ ގޮތުގައި މަޝްހޫރުވެފައިވާ ސްޓޭޓްތަކުގެ ވޯޓުލާ މީހުންނާ ވޭންސް ގާތްވެފައިވުމާއި، އެ މީހުންގެ ތާއީދު ވޭންސަށް އޮތުމުގެ ސަބަބުންނެވެ. އަދި ވޭންސްގެ ޒުވާން އުމުރުގެ ސަބަބުން ޒުވާނުންގެ ވޯޓުވެސް ލިބޭނެކަމަށް ބެލެވެއެވެ.