ފުރަތަމަ މެޗުން ރާއްޖެ ބަލި
July 18, 2024
Share this story
މިއަދު ރާއްޖޭގައި ފެށި ކާވާ 20 އަހަރުން ދަށުގެ އަންހެން ޑިވިޝަންގެ ވޮލީބޯޅަ މުބާރާތުގައި ރާއްޖެ ފުރަތަމަ މެޗުން ބަލިވެއްޖެ އެވެ. solex
މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ރާއްޖެއާއި ކިރުގިސްތާނެވެ. މެޗުން ރާއްޖޭގެ ޓީމް ބަލިވީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓްތައް ކިރުގިސްތާނުން ގެންދިޔައީ 25-11, 25-11 އަދި 25-17 ނެވެ. މުބާރާތުގައި މިދެ ގައުމުގެ އިތުރުން ވާދަކުރަނީ ނޭޕާލާއި ސްރީލަންކާ އެވެ. މުބާރާތުގައި ލީގު ބުރެއް ކުޅެ ޓީމްތައް ރޭންކް ކޮށް ސެމީގައި ކުޅުމުގެ ފުރުޞަތު ހަތަރު ޓީމަށްވެސް ލިބެއެވެ. އެއްވަނަ ޓީމް ވާދަކުރާނީ ހަތަރު ވަނަ ޓީމާއެވެ. އަދި ދެވަނަ ޓީމް ވާދަކުރާނީ ތިންވަނަ ޓީމާއެވެ. ސެމީން ބަލިވާ ދެޓީމްގެ މެދުގައި ތިންވަނަ ކަނޑައަޅަން އިތުރު މެޗެއް ކުޅޭނެއެވެ.
މުބާރާތުގެ މެޗުތައް ކުޅެނީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓްގައެވެ.َ