ޚަބަރުދުނިޔެ

ބަންގްލަދޭޝްގެ ކޯޓާ ނިޒާމާ ދެކޮޅު މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 25 އަށް އަރައިފި

July 18, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ބަންގްލަދޭޝް

ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ސަރުކާރުގެ ވަޒީފާތަކުގައި ކޯޓާ ނިޒާމު ނިމުމަކަށް ގެނައުމަށް އެދި ދަރިވަރުން ކުރަމުންދާ މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު 25 އަށް އަރައިފިއެވެ.solexsolex

މިއަދު އެ ޤައުމުގެ ވެރިރަށް ޑާކާގަ އާއި އެހެނިހެން ސަރަހައްދު ތަކުގައި ހިނގި ހަމަނުޖެހުންތަކުގައި 19 މީހުން މަރުވެފައިވާކަމަށް ބަންގްލަދޭޝްގެ އޮފިޝަލުން ރޮއިޓާސްއަށް މަޢުލޫމާތު ދީފައިވެއެވެ. މީގެ ތެރޭގައި ބަސް ޑްރައިވަރަކާއި ރިކްޝާ ދުއްވަން އިން މީހަކާއި ތިން ދަރިވަރަކު ހިމެނެއެވެ މި އާއި އެކު އަންގާރަދުވަހު މަރުވި 6 މީހުންނާއިއެކު މިހާތަނަށް މުޒާހަރާގައި މަރުވި މީހުންގެ އަދަދު މިވަނީ 25 އަށް އަރާފައެވެ.

މުޒާހަރާތަކުގައި ބަޑިއާއި ގާ ހިފައިގެން ތިބި އެތައް ހާސް ދަރިވަރުންނާއި ހަތިޔާރު އެޅި ފުލުހުންނާ ދެމެދު ކުރިމަތިލުންތަކެއް ހިނގާފައިވެއެވެ. މުޒާހަރާތައް ހުއްޓުވުމަށް ބަންގްލަދޭޝްގެ ކަމާބެހޭ ފަރާތްތަކުން މަސައްކަތްކުރަމުންދާއިރު، މޯބައިލް އިންޓަނެޓްގެ ބައެއް ޚިދުމަތްތައް ވަނީ ކަނޑާލާފައެވެ.

މި މުޒާހަރާތަކަކީ ބޮޑުވަޒީރު ޝެއިޚް ހަސީނާ ހަތަރު ވަނަ ފަހަރަށް އިންތިޚާބުވެވަޑައިގެންނެވި ފަހުން މުޅި ޤައުމުގައި ކުރިއަށްގެންދާ އެންމެ ބޮޑު މުޒާހަރާތަކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ސިވިލް ސަރވިސްގެ ދެބައިކުޅަ އެއްބައި މަޤާމުތައް ވަކި ޖަމާޢަތްތަކަށް ޚާއްޞަކޮށްފައިވާ ކޯޓާ ނިޒާމު ހުއްޓާލުމަށް ގޮވާލުމެވެ. މި ނިޒާމުގެ ސަބަބުން ޒުވާނުންގެ މެދުގައި ވަޒީފާ ނެތް މީހުންގެ އަދަދު ބޮޑުތަނުން އިތުރުވެފައިވާކަމަށް ބެލެވެއެވެ.