ޚަބަރުސްޕޯޓްސް

31 އަހަރުގައި މިލާނުން މޮރާޓާ އަށް 4 އަހަރުގެ އެއްބަސްވުމެއް!

July 19, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ސެރީ އޭއޭސީ މިލާން

31 އަހަރުގައި އޭސީ މިލާނުން އަލްވާރޯ މޮރާޓާ އަށް 4 އަހަރުގެ އެއްބަސްވުމެއް ދީފިއެވެ. ސްޕެއިން ގައުމީ ޓީމްގެ ކެޕްޓަން މޮރާޓާ ވަނީ އެތްލެޓިކޯ މެޑްރިޑް ދޫކޮށް މިލާނުގެ އެއްބަސްވުމުގައި ސޮއިކޮށްފައެވެ.solexsolex

މީގެއިތުރުން ހަތަރު ހަމަވުމުން އިތުރު އެއް އަހަރަށް އެއްބަސްވުން ދަންމާލުމުގެ ފުރުޞަތުވެސް ލިބެއެވެ. މިމަހު ޔޫރޯ ހޯދި ސްޕެއިން ކެޕްޓަން ކްލަބް ބަދަލުކުރީ އަމިއްލަ ގައުމުގައި އޭނާއާއި އާއިލާއަށް އިހުތިރާމް ނުލިބޭ ކަމަށް ބުނެއެވެ. އަމިއްލަ ގައުމުން ބޭރުގައި ލިބޭ ހިތްހަމަ ޖެހުން ބޮޑުކަމަށް ބުނެ ދިރިއުޅުން ބަދަލުކުރީ އިޓަލީ އަށެވެ.

މޮރާޓާ ވަނީ މީގެކުރިންވެސް އިޓަލީގައި ކުޅެފައެވެ. އެއީ ޔުވެންޓަސް އަށެވެ. ޕްރޮފެޝަނަލް ކެރިއަރު ފެށީ ރެއާލް މެޑްރިޑްގައެވެ. އޭގެފަހުން ޗެލްސީއަށް ވެސް ކުޅުނެވެ. ކްލަބް ކާމިޔާބީތަކަށް ބަލާއިރު ރެއާލްއާ އެކު ދެ ފަހަރު ޗެމްޕިއަންސް ލީގު ހޯދިއެވެ. ޔުވެންޓަސްއާއެކު ދެ ފަހަރު ސެރީ އޭ އުފުލާލިއެވެ. އަދި ޗެލްސީއާއެކު އެފްއޭކަޕް ކާމިޔާބުކުރި އެވެ.