ޚަބަރުސްޕޯޓްސް

ލަލީގާގައި އެމްބާޕޭގެ ފުރަތަމަ ދެ ގޯލާއެކު ރެއާލް މޮޅު

September 02, 2024

Share this story

ލަލީގާގައި އެމްބާޕޭގެ ފުރަތަމަ ދެ ގޯލާއެކު ރެއާލް މެޑްރިޑް މޮޅު ވެއްޖެއެވެ. މިސީޒަންގައި ރެއާލް އަށް ބަދަލުވި ފުރާންސް ކެޕްޓަން ލަލީގާގައި ފުރަތަމަ ދެގޯލް ޖެހީ ރެއާލް ބެޓިސް ކޮޅަށެވެ. މެޗު ރެއާލް އިން ކާމިޔާބުކުރީ ވެސް 2-0 ނެވެ. solexsolex

ފުރަތަމަ ގޯލް މެޗް 67 ވަނަ މިނިޓްގައި ކާމިޔާބު ކޮށްދިނީ ފެޑްރީކޯ ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. އަދި ދެވަނަ ގޯލަކީ 75 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއަކުން ޖެހި ލަނޑެކެވެ. ވިނީޝިއުސް ޖޫނިއަރ އަށް ކުރި ފައުލަށް ދިން ޕެނަލްޓީ ޖަހަން ވިނީޝިއުސް ވަނީ އެމްބާޕޭއަށް ދޫކޮށްލާފައެވެ. އެކަން މެޗަށްފަހު ކޯޗު ކާލޯ އެންޗެލޮޓީ ވަރަށް ބޮޑަށް ފާހަގަވެސް ކުރިއެވެ.

ލަލީގާގައި އެމްބާޕޭގެ ފުރަތަމަ ގޯލް ފެނުނީ ތިން މެޗަށްފަހު ހަތަރު ވަނަ މެޗުގައެވެ. ލަލީގާގެ ތާވަލްގެ އެއްވަނައިގައި 12 ޕޮއިންޓާއެކު އޮތީ ވާދަވެރި ބާސެލޯނާ އެވެ. ރެއާލް މެޑްރިޑް އޮތީ 8 ޕޮއިންޓާއެކު އޮތީ ދެ ވަނައިގައެވެ.