ޚަބަރުސްޕޯޓްސް

ހާލަންޑްގެ ހެޓްރިކް ސީޒަން ފަށައިފި

August 25, 2024

Share this story

މެންޗެސްޓަރ ސިޓީގެ ފޯވާޑް ހާލަންޑްގެ ހެޓްރިކް ސީޒަން ފަށައިފި އެވެ.solexsolex

އާސީޒަންގެ ފުރަތަމަ ހެޓްރިކް ހާލަންޑް ހެދީ ޕްރިމިއަރ ލީގުގައި ސިޓީ ކުޅުނު ދެވަނަ މެޗުގައި 4-1 ން އިބްސްވިޗް ބަލިކުރި މެޗުގައެވެ. 12 ވަަނަ މިނިޓްގައި ފުރަތަމަ ލަނޑު ހާލަންޑް ޖެހީ ޕެނަލްޓީ އަކުންނެވެ. ސަވިންހޯއަށް ކުރި ފައުލަކަށް ޕެނަލްޓީ ދިނީ ވީއޭއާރުން އޭނާ ޑައިވްކުރީތޯ ބެލުމަށްފަހު އެވެ. އޭގެ ކުރިން 7 ވަނަ މިނިޓްގައި ލަނޑު ޖަހާ އިޕްސްވިޗުން އޮތީ ލީޑް ނަގާފައެވެ. ލީޑް ނަގައިދިނީ ސުޒްމޮޑިކްސް އެވެ. ސިޓީއަށް މެޗުގައި ލީޑް ނަގައިނީ 14 ވަނަ މިނިޓްގައި ކެވިން ޑި ބުރައިނާއެވެ. އޭގެ މިނިޓެއް ފަހުން ހާލަންޑް ދެވަނަ ލަނޑެއް ޖެހިއެވެ. ހެޓްރިކް ފުރިހަމަ ކުރީ އޭރިޔާ ބޭރުން ތިރިން ގޯލްގެ ކަނަށް ފޮނުވާލައިގެން 88 ވަނަ މިނިޓްގައެވެ.

ފަހު 20 މިނިޓްގައި ކޯޗު ގާޑިއޯލާ ވަނީ އަލުން ޓީމާ ގުޅުނު ގުންޑޮގާން އަށް ފުރުޞަތު ދީފައެވެ. ބާސެލޯނާއަށް އެއް ސީޒަން ކުޅުމަށްފަހު އެނބުރި ސިޓީއަށް ސޮއިކުރިތާ 48 ގަޑިއިރުވެސް ނުވަނީސް ގުންޑޮގާންއަށް ފުރުޞަތު ދުނީ 71 ވަނަ މިނިޓްގައެވެ.