ޚަބަރުސްޕޯޓްސް

ރޮނާލްޑޯ ކެރިއަރުގައި 900 ވަނަ ލަނޑު ޖަހައިފި, ރެކޯޑެއް!

September 06, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ރޮނަލްޑޯ

ކެރިއަރުގައި 900 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިއަކަށް ޕޯޗްގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ވެއްޖެއެވެ. ރޮނާލްޑޯ 900 ވަނަ ލަނޑު ޖެހީ ޔުއެފާ ނޭޝަންސް ލީގުގައި ކްރޮއޭޝިޔާ ކޮޅަށެވެ.solexsolex

2-1 ން ޕޯޗްގަލް މޮޅުވި މެޗުގައި 39 އަހަރުގެ ފޯވާޑް ލަނޑު ޖެހީ 34 ވަނަ މިނިޓްގައެވެ. އެއީ އޭރިޔާ އަރިމަތިން ނުނޯ މެންޑޭޒް ނަގައިދިން ހުރަހަކުންނެވެ. އޭގެ ކުރިން ޑިފެންޑަރު ޑިއޯގޯ ޑެލޮޓް ޕޯޗްގަލްއަށް ލީޑް ނަގައިދީފައެވެ. ޑެލޮޓް ލަނޑު ޖެހީ ބުރޫނޯ ފެނާންޑޭޒް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. އޭގެފަހުން 41 ވަނަ މިނިޓްގައި ޑެލޮޓް އަތުން ބައިކޮޅަށް ވެސް ލަނޑެއް ވަނެވެ.

ރޮނާލްޑޯ ޕޯޗްގަލްގެ ގައުމީ ޓީމަށް ކުޅެންފެށި ފަހުންވެސް 20 އަހަރު ވެއްޖެއެވެ. ގައުމީ ޓީމަށް އޭނާ ވަނީ މިހާތަނަށް 131 ގޯލް ކާމިޔާބުކޮށްދީފައެވެ. ރޭގެ މެޗުގައި ލަނޑު ޖެހުމަށްފަހު ރޮނާލްޑޯ ވަނީ ކުޑަކަކޫ މައްޗަށް ސަޖިދައަށް ވާގޮތަށް ތިރިވެ, ވަރަށް ބޮޑަށް އުފާފާޅުކޮށްފައެވެ.