ޚަބަރުސްޕޯޓްސް

ރަފީނިއާގެ ފުރަތަމަ ހެޓްރިކް, ބާސާއަށް 7 ލަނޑުގެ މޮޅެއް

September 01, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ސްޕެނިޝް ލަލީގާބާސެލޯނާ

ބްރެޒިލްގެ ރަފީނިއާ ކެރިއަރުގައި ހެދި ފުރަތަމަ ހެޓްރިކާއެކު ސްޕެނިޝް ލަލީގާގައި ބާސެލޯނާއިން 7 ލަނޑުގެ މޮޅެއް ހޯދައިފި އެވެ. ބާސާ 7 ލަނޑުގެ މޮޅެއް ހޯދީ 7-0 ން ރިއަލް ވަޔަޑޮލިޑް ބަލިކޮށްގެންނެވެ. solexsolex

މެޗުގައި ބާސެލޯނާ އަށް ލީޑް ނަގައިދިނީވެސް 20 ވަނަ މިނިޓްގައި ރަފީނިއާއެވެ. ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެވަނަ ލަނޑު ޖެހީ ރޮބަޓް ލެވަންޑޮސްކީ އެވެ. އަދި ތިންވަނަ ލަނޑު ޖެހީ ކޫންޑޭ އެވެ. ކޫންޑޭ ލަނޑު ޖެހީ ފުރަތަމަ ހާފްގެ އިތުރު ވަގުތުގައވެެ.

ދެވަނަ ހާފް ފަށައިގެން 19 ވަނަ މިނިޓްގައި ބާސާގެ ހަތަރު ވަނަ ގޯލް ޖެހީ ރަފީނިއާ އެވެ. އެއީ ލެވަންޑޮސްކީ ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. ހެޓްރިކް ހެދީ 72 ވަނަ މިނިޓްގައި ލަމީން ޔަމާލް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ.

މިސީޒަންގައި ބާސާއާ ގުޅުނު ޑެނީ އޮލްމޯވެސް މެޗުގައި ލަނޑު ޖެހިއެވެ. ފަހު ލަނޑު ޖެހީ ޓޮރޭސްއެވެ. އެއީ ރަފީނިއާ ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ.

މެޗަށްފަހު ރަފީނިއާ ބުނީ ނަތީޖާއިން ފެންނަން އޮތް ހަގީގަތަކީ ބާސާއަށް ދެން އިތުރު ކުޅުންތެރިން ގެނައުމުގެ ބޭނުމެއް ނެތްކަން ކަމަށެވެ. ބާސާ އޮތީ ލީގުގައި ކުޅުނު 3 މެޗުންވެސް މޮޅުވެ އެއްވަނައިގަ އެވެ.