ބަންގްލަދޭޝްގައި ކާފިއު އިއުލާންކޮށް އަސްކަރިއްޔާ މަގުމައްޗަށް ނެރެފި
July 20, 2024
Share this story
ލިޔުނީ
އަށްޑުވަސް,
ބަންގްލަދޭޝްގެ ސަރުކާރާއި ދެކޮޅަށް ވަޒީފާތަކުގެ ކޯޓާއާ ގުޅޭ ގޮތުން ކުރިއަށްދާ މުޒާހަރާތަކާ ގުޅިގެން ކާފިއު އިއުލާންކޮށް، އަސްކަރިއްޔާ މަގުމައްޗަށް ނެރެފިއެވެެ. solex
މި ކާފިއު އިއުލާންކުރީ ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ ނޫސްވެރިންގެ ސެކްރެޓަރީއެވެ. އަދި މިކާފިއު ނެރުމާއި އެކު މިހާރު ވަނީ ވަގުތުން ތަންފީޒުކުރަން ފަށާފައިވެއެވެ.
ބަންގްލަދޭޝްގައި ކުރިއަށްދާ މި މުޒާހަރާތައް ފެށުނީ ޖޫން 5 ވަނަ ދުވަހު ބަންގްލަދޭޝްގެ ހައިކޯޓުން ނެރުނު އަމުރަކާ ގުޅިގެންނެވެ. މި އަމުރުގައިވަނީ 1971 ވަނަ އަހަރު ބަންގްލަދޭޝް މިނިވަންކުރުމުގެ ހަރަކާތުގައި ބައިވެރިވި މީހުންގެ ދަރިންނަށް ސަރުކާރު ވަޒީފާތަކުގެ 30 އިންސައްތަ ޚާއްޞަކުރުމަށެވެ.
މުޒާހަރާތައް ހޫނުވެގެން ދިޔައީ ހޯމަ ދުވަހު ދަރިވަރުން ކުރި މުޒާހަރާއަކަށް ވެރިކަންކުރާ ޕާޓީ އަވާމީ ލީގުގެ ދަރިވަރުންގެ ޖަމްއިއްޔާ ބަންގްލަދޭޝް ޗަތްރާ ލީގުގެ މެންބަރުން ހަމަލާދިނުމާ ގުޅިގެންނެވެ.
ބޭރުގެ ނޫސް އެޖެންސީތަކުން މަޢުލޫމާތު ދީފައިވާ ގޮތުގައި މިއަދާއި ހިސާބަށް މި މުޒާހަރާގައި 100 އަށް ވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. މި ހާދިސާއާ ގުޅިގެން ސަރުކާރުން ވަނީ އެންމެހާ ޔުނިވަރސިޓީތައް ބަންދުކޮށް، ކެމްޕަސްތަކަށް ސަލާމަތީ ބާރުތައް ފޮނުވާފައެވެ. އަދި އިންޓަނެޓް ވެސް ވަނީ ކަނޑާލާފައެވެ.
މުޒާހަރާކުރާ ފަރާތްތަކުން ބުނަނީ މަރުވެފައިވާ މީހުންނަށް އިންސާފު ހޯދައިދިނުމަށްފަހު މެނުވީ ސަރުކާރާއެކު އެއްވެސް މަޝްވަރާއެއް ނުކުރާނެ ކަމަށެވެ. މި ހާލަތާ ގުޅިގެން ޤައުމުގައި ވަނީ ބޮޑު ހަމަނުޖެހުމެއް އުފެދިފައެވެ. އިންޓަނެޓް ކަނޑާލުމާއި ކާފިއު އިއުލާންކުރުމުން އެ ޤައުމުގެ ހާލަތު އިތުރަށް ގޯސްވެގެންދާނެ ކަމަށް މަސްރަހް ދިރާސާކުރައްވާ ފަރާތްތަކުން ވިދާޅުވެއެވެ.