ޚަބަރުސްޕޯޓްސް

އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފާނީ ދީމާއާއި އިބާދުالله

July 21, 2024

Share this story

މިމަހުގެ 26 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގައި ފަށާ އޮލިމްޕިކްސްގައި ރާއްޖޭގެ ދިދަ ހިފާނެ އެތްލީޓުންގެ ގޮތުގައި ޓީޓީ ތަރި ފާތިމަތު ދީމާ އަލީ އާއި އެތްލެޓެކްސްއިން ވާދަކުރާ އިބާދުالله އާދަމް ހަމަޖައްސާ, އެ ދެއެތްލީޓުންނާ ދިދަ ހަވާލުކޮށްފިއެވެ. ކަނޑައަޅާ, ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރު ބޭއްވި ރަސްމިއްޔާތެއްގައި ދިދަ ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އެވެ. solexsolex

ދީމާ އަކީ ގޭމްސްއަށް ކޮލިފައިވެގެން ރާއްޖެއިން ވާދަކުރާ ހަމައެކަނި އެތްލީޓެވެ. އަދި ތާރީޚުގައިވެސް ކޮލިފައި ވެގެން އޮލިމްޕިކްސްގައި ވާދަކުރާ ރާއްޖޭގެ ފުރަތަމަ އެތްލީޓަކީ ރާއްޖޭގެ އެއްވަނަ ޓީޓީ ކުޅުންތެރިޔާ ދީމާ އެވެ. އިބާދުالله އަކީ އަނިޔާގެ ސަބަބުން އެންމެ ފަހުން އޮތް އިންޑިޔަން އޯޝަން އައިލެންޑް ގޭމްސް އިން ފުރުޞަތު ނުލިބުނު އެތްލީޓެކެވެ.

ގޭމްސްގައި ރާއްޖެއިން ހަތަރު ކުޅިވަރަކުން 7 އެތްލީޓުން ވާދަކުރާނެ އެވެ. އެއީ އެތްލެޓިކްސްއާއި, ޓޭބަލް ޓެނިހާއި, ބެޑްމިންޓަންއާއި ސްވިމިންގ އެވެ. ޓީޓީ ފިޔަވާ ކޮންމެ ކުޅިވަރަކުން ދެ އެތްލީޓުން ވާދަކުރާނެއެވެ.