ޚަބަރުސްޕޯޓްސް

ޑި ބުރައިނާ ކްލަބްގައި ދެމިހުންނާނެ- ގާޑިއޯލާ

July 23, 2024

Share this story

މިޑްފީލްޑަރ ކެވިން ޑި ބުރައިނާ ކުރިއަށް އޮތް ސީޒަންގައި ވެސް ކްލަބްގައި ދެމިހުންނާނެ ކަމަށް ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.solexsolex

އާ ސީޒަނަށް ތައްޔާރުވާން ކުޅޭ ފުރަތަމަ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަދައްކަމުން ގާޑިއޯލާ ބުނީ ސިޓީގެ ނުފޫޒުގަދަ މިޑްފީލްޑަރުގެ އެއްބަސްވުމުގައި އަދި އެއް އަހަރު އެބައޮތް ކަމަށާއި, ކުރިއަށް އޮތް ސީޒަންގައި ކްލަބްގައި ދެމިހުންނާނެ ކަމަށެވެ. ޑި ބުރައިނާއާ ގުޅޭ ގޮތުން ވާހަކަ ދެކެވުނީ ސައުދީ ލީގުން ވަރަށް ބޮޑު މުސާރަ ލިބޭ ހުށަހެޅުމެއް އޭނާއަށް ލިބިފައިވާތީ އެވެ. އަދި ސައުދީ ލީގަށް ބަދަލުވެދާނެފަދަ މޭރުމަކުން ކުރިން ވާހަކަ ދައްކާފައިވާތީ އެވެ.

ނަމަވެސް ގާޑިއޯލާ ބުނީ އޭނާގެ ސްކޮޑްގެ %90 ކުރިއަށް އޮތް ސީޒަންގައިވެސް އޮންނާނެ ކަމަށެވެ. ޓްރާންސްފަރގެ ދޮރު ބަންދު ނުވާހާ ހިނދަކު ބަދަލެއް އައުމުގެ ފުރުޞަތު އޮންނާނެކަންވެސް ގާޑިއޯލާ ފާހަގަކުރިއެވެ. އާސީޒަނަށް ސިޓީން ގެނައި އެންމެ މުހިއްމު ކުޅުންތެރިއަކީ ބްރެޒިލްގެ ވިންގަރ ސަވިންހާ އެވެ. މެންޗެސްޓަރ ސިޓީއަކީ ފާއިތުވި ހަތަރު ސީޒަންގައިވެސް ޕްރިމިއަރ ލީގުގެ ޗެމްޕިއަން ޓީމެވެ.

އާސީޒަންގައި ލީގުގައި ސިޓީގެ ފުރަތަމަ މެޗުގައި އޮގަސްޓް 18 ވަނަ ދުވަހު ނިކުންނާނީ ޗެލްސީއާ ދެކޮޅަށެވެ.