ޚަބަރުސްޕޯޓްސް

އޮލިމްޕިކްސްގައި ވާދަކުރާ ރާއްޖޭގެ އެތްލީޓުންނާ ޕެރިހުގައި ނައިބުރައީސް ބައްދަލުކުރައްވައިފި

July 26, 2024

Share this story

އޮލިމްޕިކްސްގައި ވާދަކުރާ ރާއްޖޭގެ އެތްލީޓުންނާ ޕެރިހުގައި ނައިބުރައީސް ބައްދަލުކުރައްވައިފި އެވެ. ޕެރިސް އޮލިމްޕިކްސްގައި ވާދަކުރާ ރާއްޖޭގެ 5 އެތްލީޓުން ހިމެނޭ ކޮންޓިންޖެންޓާ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފް ބައްދަލުކުރެއްވީ ގޭމްސް ފެށުމުގެ ރަސްމިއްޔާތަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިންނެވެ.solexsolex

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އެތްލީޓުންނާ ބައްދަލުކުރައްވާ ހިތްވަރު ދެއްވާފައެވެެ. މި ބައްދަލުކުރެއްވުމުގައި އެމަނިކުފާނު ވަނީ ކުޅިވަރުގެ ދާއިރާ ތަރައްޤީކުރުމަށް ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދެއްވާކަން ފާހަގަކުރައްވައި އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ބައިވެރިވާ ދިވެހި އެތުލީޓުންނަށް ހިތްވަރުދެއްވައިފައެވެ.

މިއަހަރުގެ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހި ފަސް އެތުލީޓުން ބައިވެރިވާއިރު، މި އަހަރަކީ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގައި ދިވެހިރާއްޖޭގެ އެންމެ ގިނަ އެތުލީޓުން ބައިވެރިވާ އަހަރުވެސްމެއެވެ. ރާއްޖެއިން ވާދަކުރަނީ ޓޭބަލް ޓެނިހާއި, އެތްލެޓިކްސްއާއި, ސްވިމިންގ އާއި, ބެޑްމިންޓަން ގައެވެ. ދެ އެތްލީޓުން ވާދަކުރަނީ ސްވިމިންގ ގައެވެ.

ޕެރިސް 2024 އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ޤައުމީ ދިދަ އުފުލުމުގެ ފަޚުރުވެރި ޝަރަފު މިއަހަރު ދިނީ ޓޭބަލް ޓެނިސް ކުޅުންތެރިޔާ ފާޠިމަތު ދީމާ ޢަލީ އަދި ދުވުންތެރިޔާ އިބާދުﷲ އާދަމަށެވެ.