ޚަބަރުދުނިޔެ

އިސްތިއުފާ ދެއްވުމަށްފަހު ހަސީނާ ފިއްލަވައިފި

August 05, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ބަންގްލަދޭޝް

މުޒާހަރާ ވަރުގަދަކުރުމާއެކު, ބަނގްލަދޭޝްގެ ބޮޑު ވަޒީރު ޝެއިހު ހަސީނާ އިސްތިއުފާ ދެއްވުމަށްފަހު ފިއްލަވައިފި އެވެ. ރޮއިޓަރސްގައި ރިޕޯރޓް ކޮށްފައިވާ ގޮތުން ހަސީނާ މިހާރު ވަބީ ގައުމު ދޫކުރައްވާ ވަޑައިގެންފައެވެ.solexsolex

ބޮޑުވަޒީރުގެ ރަސްމީ ގަނޑުވަރު މިހާރު އޮތީ މުޒާހަރާ ކުރާ ފަރާތްތަކުގެ ކޮންޓްރޯލްގައެވެ. އިދިކޮޅު ފަރާތްތަކުން އޮތީ މިއަދަކީ ހަސީނާ އިސްތިއުފާ ދެއްވަން އޮތް ފަހު ދުވަސްކަންވެސް އިއުލާނުކޮށްފައެވެ. ސަރުކާރާ ދެކޮޅަށް ފަރާތްތަކުގެ މުޒާހަރާ ވަރުގަދަވެ, މުޒާހަރާގައި ބައިވެރިވާ ޢާއްމުން ގިނަވަމުން ދިއުމާއެކު ހަސީނާ އިސްތިއުފާ ދެއްވީ އެތައް ބަޔަކު މަރުވެސް ވީފަހުންނެވެ. އޭޕީގައި ރިޕޯރޓްކޮށްފައިވާ ގޮތުން މުޒާހަރާތަކުގެ ތެރޭގައި ހިނގި ހަމަނުޖެހުން ތަކުގެ ސަބަބުންނާއި, ބާރުގެ ބޭނުން ކުރުމުން މަރުވި މީހުންގެ އަދަދު 100 އަށްވުރެ މައްޗެވެ.

ހަސީނާ ގައުމު ދޫކޮށް ފިއްލެވީ މިއަދު އެވެ. މިއީ މިދިޔަ 50 އަހަރުގެ ތެރޭގައިވެސް ބަނގްލަދޭޝްގައި ކުރާ އެންމެ ވަރުގަދަ މުޒާހަރާއެވެ. ސަރުކާރާ ދެކޮޅު އެންމެ ބޮޑު ކުރިމަތިލުމެވެ. ކާފިއު އިއުލާނު ކޮށްގެންވެސް މުޒާހަރާ ކުރާ ފަރާތްތައް ނުހުއްޓުވުނެވެ.

ވަގުތީ ސަރުކާރެއް އެކުލަވާލުމުގެ މަސައްކަތް ބަނގްލަދޭޝްގައި މިހާރު ދަނީ ކުރަމުންނެވެ.