ރާއްޖެ ރޮއްވާލުމަށްފަހު ތަށި ހޯދީ ކިރްގިސްތާނު
September 12, 2024
Share this story
ލިޔުނީ
އަށްޑުވަސް,
ވާވަވެރި ކުޅުމަކަށްފަހު, ކާވާ ވިމެންސް ވޮލީބޯޅަ ޗެލެންޖް ކަޕްގެ ތަށި ރާއްޖޭގެ އަންހެން ޓީމަށް ގެއްލިއްޖެ އެވެ. މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކިރްގިސްތާނެވެ. އެއީ ފައިނަލްގައި 3-2 ސެޓުން ރާއްޖެ ބަލިކޮށްގެންނެވެ.solex
ފައިނަލް މެޗުގެ ސެޓްތައް ކިރުގިސްތާން ގެންދިޔައީ 25-17, 24-26, 25-18, 22-25 އަދި 15-9 ނެވެ. ފަހު ސެޓް ފިޔަވާ ކޮންމެ ސެޓެއްގައިވެސް ރާއްޖޭގެ ޓީމުން ވަރަށް ރަނގަޅު ވާދައެއް ކުރިއެވެ. އަދި މުބާރާތުގައިވެސް ހިތްވަރުކޮށް މޮޅަށް ކުޅުނެވެ. ހަތަރު ޓީމް ވާދަކުރި މުބާރާތުގައި ރާއްޖެ ބަލިވީ ކިރްގިސްތާން އަތުންނެވެ. ލީގު ބުރުގައި ބަލިވީ ސީދާ ތިން ސެޓުންނެވެ.
މުބާރާތުގެ ޑްރީމް ޓީމްގައި ރާއްޖޭގެ ދެ ކުޅުންތެރިން ހިމެނުނެވެ. އެއީ ސެޓަރު ފާތިމަތުނ ޖޫޒާން ޒަރީރު އާއި ހައްވާ ޝަހާ ޝާމިން އެވެ. ޑްރީމް ޓީމްގައި ދެން ހިމެނުނީ ކަޒަކިސްތާންގެ ކީޒީ ރޯޒާ އާއި, އާމިރަކުލޯވާ ސައިކަލް އާއި, ކިރްގިސްތާނުގެ ލިބަރޯ ސެއިޓްބެކޯވާ އަސިމާ އާއި ތަޖަކިސްތާނުގެ ގޯޑޯފަރީދް އަގްނަޒަރޯވާ އާއި އަފްޣާނިސްތާނުގެ މުހައްމަދީ ރޮގްހާޔޭ އެވެ. މުބާރާތުގެ ތިންވަނަ ހޯދީ ތަޖަކިސްތާނެވެ.