ޚަބަރުސްޕޯޓްސް

ރޮނާލްޑޯގެ ތައުރީފް ޔަމާލް އަށް

September 21, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ރޮނަލްޑޯ

ބާސެލޯނާއަށް ކުޅެމުން އަންނަ ސްޕެއިންގެ ލަމީން ޔަމާލްއަށް ކްރިސްޓިއާނޯ ރޮނާލްޑޯ ވަރަށް ބޮޑަށް ތައުރީފް ކޮށްފިއެވެ. ރޮނާލްޑޯގެ އޭނާގެ އަމިއްލަ ޔޫޓިއުބް ޗެނަލްގައި ރިއޯ ފާޑިނެންޑް އާ ވާހަކަ ދައްކަމުން ބުނީ ޔަމާލް އަކީ އެޖީލުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ވާނެ ކަމަށެވެ.solexsolex

ރޮނާލްޑޯ ބުނީ 17 އަހަރު ގެ ޔަމާލް މިހާތަނަށް ދައްކާފައިވާ ކުޅުމުންވެސް ހައިރާންކަން ލިބޭ ކަމަށެވެ. ޔަމާލްގެ ޤާބިލްކަން ވަރަށް ބޮޑަށް އެބަހުރި ކަމަށާއި, ހުނަރު ވަރަށް ބޮޑަށް ފެންނަ ކަމަށް ރޮނާލްޑޯ ބުންޏެވެ.

އޭނާގެ (ޔަމާލް) ދަތުރު ކުރިއަށް ދާގޮތް ބަލަންތިބެމާ. އަހަންނަށް ޤަބޫލުކުރެވެނީ އޭނާގެ ޖީލުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް އޭނާ ވާނެއޭ

ރޮނާލްޑޯ ބުނީ ޔަމާލް އަށް ނަސީބުވެސް ބޭނުންވާ ކަމަށެވެ. އަނިޔާއެއް ނުވެ ޔަމާލްގެ ކެރިއަރު ކުރިއަށް ގެންދެވޭނެ ކަމަށް އުއްމީކުރާ ކަމަށްވެސް ރޮނާލްޑޯ ބުންޏެވެ.

ރޮނާލްޑޯ މީގެ ކުރިންވަނީ ރެއާލް މެޑްރިޑްގެ މެދުތެރެއަށް ކުޅެމުން އަންނަ އިނގިރޭސި ވިލާތުގެ ޖޫޑް ބެލިންގހަމް އަށްވެސް ވަރަށްބޮޑަށް ތައުރީފްކޮށްފައެވެ.

ބާސެލޯނާގެ އިތުރުން ސްޕެއިންގެ ޤައުމީ ޓީމާއެކުވެސް ޔަމާލް ވަނީ ގިނަ ރެކޯޑެއް ޤާއިމްކޮށްފައެވެ.