ޚަބަރުސްޕޯޓްސް

އިނގިރޭސިންނަށް ފަސޭހަ މޮޅެއް

October 14, 2024

Share this story

ލިޔުނީ

އަށްޑުވަސް,

އިންގްލެންޑް

ޔުއެފާ ނޭޝަންސް ލީގުގައި ފިންލެންޑް އަތުން އިނގިރޭސިން ފަސޭހަ މޮޅެއް ހޯދައިފި އެވެ. ފިންލެންޑު އަތުން އިނގިރޭސިން މޮޅުވީ 1-3 ނެވެ.solexsolex

މެޗުގައި އިނގިރޭސިންނަށް ލީޑް ނަގައިދިނީ އެންމެފަހުން ޔޫރޯ ސްކޮޑުން ޖާގަ ނުލިބުނު މެންޗެސްޓަރ ސިޓީގެ މިޑްފީލްޑަރ ގްރީލިޝް އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 18 ވަނަ މިނިޓްގައި އެންހެލް ގޯމޭޒް ތަނަވަސްކޮށްދިން ފުރުޞަތެއްގައެވެ. އިނގިރޭސިންގެ ދެވަނަ ލަނޑު ޖެހީ އެލެގްޒެންޑަރ އާނޯލްޑް އެވެ. އޭނާ ލަނޑު ޖެހީ 74 ވަނަ މިނިޓްގައެވެ. އިނގިރޭސިންގެ ތިންވަނަ ލަނޑު ޖެހީ ޑެކްލަން ރައިސް އެވެ. ލަނޑުޖަހަން ފުރުޞަތު ތަނަވަސްކޮށްދިނީ އޮލީ ވަޓްކިންސް އެވެ. މެޗުގައި ފިންލެންޑްގެ ހަމައެކަނި ލަނޑު 87 ވަނަ މިނިޓްގައި ޖެހީ އާއްޓު ހޮސްކޮނެން އެވެ.

މި ނަތީޖާއާ އެކު އިނގިރޭސިން އޮތީ ގްރޫޕް ބީގެ ތިން ވަނައިގަ އެވެ. އެއީ 9 ޕޮއިންޓާއެކުއެވެ.

މެޗުން މޮޅުވިޔަސް އިނގިރޭސި ވަގުތީ ކޯޗު ކާސްލީ ބުނީ އިނގިރޭސިންނަށް ދުނިޔޭގެ ފެންވަރުގެ ކޯޗެއް ބޭނުންވާކަމަށެވެ.