ޚަބަރުސްޕޯޓްސް

އެސްޕަނިޔޯލް އަތުން ރެއާލް މޮޅުވީ ދެވަނަ ހާފްގެ ގޯލްތަކުން

September 22, 2024

Share this story

ސްޕެނިޝް ލަލީގާގައި ދެވަނަ ހާފްގެ ގޯލް ތަކުން ރެއާލް މެޑްރިޑުން އެސްޕަނިޔޯލް ބަލިކޮސްފިއެވެ. މެޗު ރެއާލް ކާމިޔާބުކުރީ 4-1 ނެވެ. މެޗުގެ ފުރަތަމަ ގޯލް ވަނީ ދެވަނަ ހާފްގައި ރެއާލް ކޮޅަށެވެ. solexsolex

ދެވަނަ ހާފްގެ ކުރީކޮޅު ރެއާލް ކޮޅަށް ގޯލް ވަނީ ގޯލްކީޕަރު ތިބޯޓް ކޯޓުއާ އަށް ހެދުނު ގޯހެއްގައެވެ. ރެއާލްއިން ނަތީޖާ ހަމަހަމަ ކުރީ 58 ވަނަ މިނިޓްގައި ޑިފެންޑަރު ޑެނީ ކަވަހާލް ޖެހި ލަނޑުންނެވެ. ލީޑް ނަގައިދިނީ ރޮޑްރީގޯ އެވެ. އެއީ ވިނީޝިއުސް ތަނަވަސްކޮށްދިން ރީތި ފުރުޞަތެއްގައެވެ.

ރެއާލްގެ ތިންވަނަ ގޯލް ޖެހީ ކައުންޓަރ އެޓޭކެއްގައި ކީލިއަން އެމްބާޕޭ ތަނަވަސްކޮށްދިން ފުރުޞަތެއްގައި ވިނީޝިއުސް ޖޫނިއަރ އެވެ. ހަތަރު ވަނަ ލަނޑު ޖެހީ ޕެނަލްޓީއަކުން އެމްބާޕޭ އެވެ. އެއީ މެޗުގެ ފަހުކޮޅު ކުޅެން ނިކުއިން އެންޑްރިކް އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ.

ޕޮއިންޓް ތާވަލްގައި ރެއާލް މެޑްރިޑް އޮތީ 14 ޕޮއިންޓާއެކު ދެވަނައިގައެވެ. އެއްވަނައިގައި އޮތީ ބާސެލޯނާ އެވެ.