ޚަބަރުސްޕޯޓްސް

ޕޮލިސް ބަލިކޮށް, ވެމްކޯއިން ލީގު ޗެމްޕިއަންކަން ހޯދައިފި

October 15, 2024

Share this story

ޕޮލިސް ކްލަބް ބަލިކޮށް, ޤައުމީ ވޮލީބޯޅަ ލީގުގެ ޗެމްޕިއަންކަން ވެމްކޯއިން ހޯދައިފި އެވެ. ލީގުގެ ފަހު ޗުގައި ވެމްކޯއިން ޕޮލިސް ބަލިކުރީ ވާދަވެރި ކުޅުމަކަށްފަހު 3-2 ސެޓުންނެވެ. solexsolex

މެޗުގެ ކުރިން ދެޓީމްވެސް އޮތީ ކުޅުނު ހަތަރު މެޗުންވެސް މޮޅުވެ, ލީގު ހޯދަން ހަމަހަމަ ފުރުޞަތެއްގައެވެ. ފަހު މެޗާ ހަމައަށް ދެޓީމް އަތުންވެސް ސެޓެއް ނުގެއްލެއެވެ. މެޗުގެ ސެޓްތައް ވެމްކޯއިން ގެންދިޔައީ 23-25, 25-17,22-25, 25-21, 15-13 ނެވެ.

ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކީ ވެމްކޯގެ ފާތިމަޒު ޖޫޒާން ޒަރީރެވެ. މުބާރާތަކީ އެންމެ މޮޅު ސެޓަރަކީވެސް އަދި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކީވެސް ޖޫޒާންއެވެ. އެންމެ މޮޅު އައުޓްސައިޑް ހިޓާ އަކީ ޕޮލިސް ކްލަބްގެ ހައްވާ ރާޝިދާ އާއި ވެމްކޯގެ އައިޝަތު މާޖިދާ އެވެ. އެންމެ މޮޅު މިޑްލް ބްލޮކަރ އަކީ ވެމްކޯގެ އައިމިނަތު ރިޔާޝާ އާއި ޕޮލިސް ކްލަބްގެ މަރިޔަމް އަޒްމާ އެވެ. އެންމެ މޮޅު އޮޕޮސިޓް ކުޅުންތެރިއަކީ ޕޮލިސް ކްލަބްގެ އައިމިނަތު ޝަހާ ޝާމިން އެވެ. އެންމެ މޮޅު ލިބަރޯ އަކީ ޕޮލިސް ކްލަބްގެ މައިހާ އަލީ އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ ވެމްކޯގެ މާޔާ ހުސައިން ސޮލާހު އެވެ. އެންމެ މޮޅު ކޯޗަކީ ވެމްކޯގެ އަހުމަދު އަދީލް (ބޭބެ) އެވެ.

ލީގު ބުރުގެ ގަދަ ހަތަރު ޓީމްގެ ތެރޭގައި ހިމެނިގެން ގައުމީ މުބާރާތުން ޖާގަ ހޯދީ ވެމްކޯއާއި ޕޮލިސް ކްލަބްގެ އިތުރުން ވޮލީބޯލް ޔޫތް ނިއުޖެނެރޭޝަން އާއި ހިއްމަފުށި ވިކްޓޯރިއަސް ސްޕޯރޓްސް ކްލަބެވެ.