ޚަބަރުސްޕޯޓްސް

މިދިޔަ އަހަރުގެ އެންމެ މޮޅު އެތްލީޓުންނަށް ދީމާ އާއި ޝައްފާން

October 18, 2024

Share this story

މިދިޔަ އަހަރުގެ އެންމެ މޮޅު އެތްލީޓުންނަށް ޓޭބަލްޓް ޓެނިސް ކުޅުންތެރިން ކަމަށްވާ ފާތިމަތު ދީމާ އަލީ އާއި މުޙައްމަދު ޝައްފާން އިސްމާއީލް ހޮވައިފި އެވެ. މީގެތެރެއިން ދީމާ ވަނީ މިދިޔަ އަހަރުވެސް އެންމެ މޮޅު އެތްލީޓްގެ މަގާމް ހޯދާފައެވެ.solexsolex

އެންމެ މޮޅު އަންހެން އެތްލީތަކީ ވެސް އަދި އެންމެ މޮޅު ޒުވާން އެތްލީޓަކީވެސް ދީމާ އެވެ. ޓީޓީގެ މިދިޔަ އަހަރުގެ އެންމެ މޮޅު ފިރިހެން އެތްލީޓްގެ މަގާމްވެސް ހޯދީ ޝައްފާނެވެ. މިދިޔަ އަހަރު އޮތް އިންޑިޔަން އޯޝަން އައިލެންޑް ގޭމްސްގައި ރާއްޖޭގެ ކާމިޔާބީ ތަކިގައި ޝައްފާންއާއި ދީމާގެ ދައުރު ވަރަށް ބޮޑެވެ.

އެންމެ މޮޅު އަންހެން އެތްލީޓްގެ އެވޯޑް ދީމާ ދިފާއުކުރީ ބެޑްމިންޓަންގެ އެންމެ މޮޅު އަންހެން އެތްލީޓް ފާތިމަތު ނަބާހާ އާއި އާމިނަތު ނަބީހާއާ ވާދަކޮށެވެ. ޝައްފާން މޮޅު އެތްލީޓްގެ އެވޯޑް ހޯދީ ބޮޑީބިލްޑިންގެ އެއްވަނަ ދިފާއުކުރި އަޒްނީން ރަޝީދު އާއި ބެޑްމިންޓަން ޗެމްޕިއަން ނިބާލް ފަހަތަށް ޖައްސާލުމަށްފަހު އެވެ. ނިބާލް ވަނީ ވަނީ ބެޑްމިންޓަންގެ އެންމެ. މޮޅު ފިރިހެން އެތްލީޓްގެ އެވޯޑް ހޯދާފައެވެ. އއަޒްނީން އެންމެ މޮޅު ބޮޑީބިލްޑަރުގެ އެވޯޑް ދިފާއުކުރިއެވެ. އެވޯޑްތައް ހޯދި އެހެން ކުޅުންތެރިންނަކީ:

- އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާ އީގަލްސްގެ އަހުމަޒު ރިޒުވާން (ރިޒޭ)

- އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިންނަކީ އާދަމް ނަސީމް (އެޑަމް) އާއި އައިޝަތު މާޖިދާ

- އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިންނަކީ ފާތިމަތު ރިޝްމާ އާއި އިސްމާއީލް ވިލްދާން ޔޫސުފް

- އެތްލެޓެކްސްގެ އެންމެ މޮޅު އެތްލީޓުންނަކީ ހަސަން ސާއިދު އާއި އަހުނާ ނިޒާރު.

- އެންމެ މޮޅު ބޮޑީބޯޑަރަކީ އަލީ ޚުޝްރުވާން

- ފެތުމުން އެވޯޑް ގެންދިޔައީ މުހައްމަދު ރިހާން ރިހާމް އާއި މެރާލް އައިން ލަތީފް

- ސާފިންގެ އެންމެ މޮޅު އެތްލީޓުންނަކީ މިހާރު ގައުމީ ކޯޗު ހުސައިން އަރީފް އާއި މަރިޔަމް ރާހިލް ނަސީމް

- ޓެނިހުން އެވޯޑް ގެންދިޔައީ ނަބާ ނިޝާން އާއި އަބްދުالله ފާއިހް ފަޒީލް

އެންމެ މޮޅު ކޯޗުގެ އެވޯޑް ހޯދީ އެތްލެޓިކްސްގެ އަހުމަދު ފާއިލް އާއި ހޭންޑްބޯޅަ ކޯޗު ނަޝްފާ އާމިރާ އެވެ. އެންމެ ރަނގަޅު އެސޯސިއޭޝަނަކީ ހޭންޑްބޯޅަ މޯލްޑިވްސް އެވެ.