ޚަބަރުރާއްޖެ

ބީއެމްއެލްގެ ސީއީއޯ އަކަށް ޝަރީފް ހަމަޖައްސައިފި

October 16, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ބޭންކް އޮފް މޯލްޑިވްސް

ޤައުމީ ބޭންކް, ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ސީއީއޯ އަކަށް މުޙައްމަދު ޝަރީފް ހަމަޖައްސައިފި އެވެ. މިއީ ބީއެމްއެލްގެ ސީއީއޯ އަކަށް ދިވެއްސަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ. solexsolex

މުޙައްމަދު ޝަރީފް އަކީ ކުރިން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯކަން އަދާކުރެއްވި ބޭފުޅެކެވެ. އޭނާ ވަނީ ބީއެމްއެލްގައި 25 އަހަރު ޚިދުމަތް ކުރައްވާފައެވެ. ބީއެމްއެލްއިން ގެނައި ވަރަށް ގިނަ ބަދަލުތަކުގައި ޝަރީފްގެ ދައުރު ބޮޑުކަން ބޭންކުން ފާހަގަކުރައްވައެފެ. ޝަރީފް ސީއީއޯގެ މަގާމަށް އައްޔަން ކުރެއްވުމާ ގުޅިގެން ބޭންކުން ވަނީ އޭނާއަށް މަރުހަބާ ކިޔާފައެވެ. ޝަރީފް އާއެކު ބޭންކަށް އިތުރު ކުރިއެރުން ލިބު, ރާއްޖޭގެ މާލީ ސެކްޓަރ އަށް ކުރިއެރުން ލިބޭނެ ކަމަށް އުއްމީދު ކުރާ ކަމަށް ބޭންކުން ބުންޏެވެ.

ބޭންކް އޮފް މޯލްޑިވްސް އަށް ސީއީއޯ އެއް ހޯދަން ޢާއްމުކޮށް އިއުލާނުކުރުމުން އެމަގާމަށް ކުރިމަތިލެއްވި ހަމައެކަނި ދިވެއްސަކީ ޝަރީފް އެވެ. މަގާމްގެ މަސްއޫލިއްޔަތާ މާދަމާ ޝަރީފް ހަވާލުވެވަޑައިގަންނަވާނެ އެވެ.