ޚަބަރުރާއްޖެ

އުރަމަތީގެ ކެންސަރަށް ފަރުވާދީ ހޭލުންތެރި ކުރުމުގައި ވަށާޖެހެނިވި އުސޫލުތަކެއް ގެންގުޅުން މުހިއްމު- ސާޖިދާ

October 17, 2024

Share this story

އުރަމަތީގެ ކެންސަރަށް ފަރުވާދީ ހޭލުންތެރި ކުރުމުގައި ވަށާޖެހެނިވި އުސޫލުތަކެއް ގެންގުޅުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު ވިދާޚުވެއްޖެ އެވެ. އެކަމަނާ މިހެން ވިދާޅުވީ "އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމުގެ 5 ވަނަ އަހަރީ މަހާސިންތާ" އިފްތިތާޙްކުރުމަށް ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތުގައި، ބައިވެރިވެވަޑައިގެން ވާހަކަ ދައްކަވަމުންނެވެ.solexsolex

މިއީ އުރަމަތީގެ ކެންސަރު އަވަހަށް ދެނެގަތުމަށް ހޭލުންތެރިކަން އިތުރުކުރުމަށް ކުރާ ޤައުމީ މަސައްކަތުގެ ތެރެއިން ކުރިއަށް ގެންދާ މަހާސިންތާ އެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ އުރަމަތީގެ ކެންސަރަށް ހޭލުންތެރިކުރުވުމާއި، ބަލިމީހުންނަށް ފަރުވާ ދިނުމުގައި، ބޭސްފަރުވާގެ ތަޖުރިބާއާއި، ނަފްސާނީ އެހީތެރިކަމާއި، ޢާންމުންގެ ބައިވެރިވުންވެސް ހިމެނޭނެހެން، ހޭލުންތެރިކުރުވުމާއި، ބަލިމީހުންނަށް ފަރުވާ ދިނުން މުހިއްމު ކަމަށެވެ. އަދި ބޭސްފަރުވާގެ ތަޖުރިބާއާއި، ނަފްސާނީ އެހީތެރިކަމާއި، ޢާންމުންގެ ބައިވެރިވުންވެސް ހިމެނުން މުހިއްމުކަމަށް ވިދާޅުވިއެވެ.

އެކަމަނާގެ ވާހަކައިގައި އުރަމަތީގެ ކެންސަރު ބަލީގެ ކޭސްތައް މަދު ކުރުމަށްޓަކައި، ބަލި ހުރިކަން އަވަހަށް ދެނެގަތުމަށާއި ފަރުވާގެ ދާއިރާ ފުޅާ ކުރުމަށް ބާރުއެޅުމަށް އެންމެން ގުޅިގެން މަސައްކަތްކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ. އުމުރުން 40 އަހަރުން މަތީގެ އަންހެނުން، ޤަވާޢިދުން މެމޯގްރާމް ހެދުމަށާއި، ބަލީގެ ޢަލާމާތެއް ހުރިތޯ އަމިއްލައަށް ބަލަންޖެހޭކަންކަން ބަލަމުން ދިއުމަށް ވެސް އިލްތިމާސް ކުރެއްވިއެވެ.

ރާއްޖޭގެ ވަރަށްގިނަ ރީޖަނަލް ހޮސްޕިޓަލްތަކުގައި ކީމޯތެރަޕީ ލިބެން ހުރިކަމީ، ފަރުވާގެ ފުރުޞަތު އިތުރުކުރުމުގެ ދާއިރާއިން ހޯދުނު ފާހަގަކޮށްލެވޭ ކާމިޔާބީއެއްކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި އުރަމަތީގެ ކެންސަރުން ރައްކާތެރިވެފައިވާ މުޖުތަމަޢެއް ބިނާ ކުރުމަށް އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ކުރަމުންދާ މަސައްކަތްތަކާއި، އުރަމަތީގެ ކެންސަރު ބައްޔާ ގުޅިގެން ޒަމާނުއްސުރެ ފެތުރިފައި އޮންނަ ތޯތޯ، ބޯދާ ޤަބޫލުކުރުންތައް ނައްތާލައި، ހެކީގެ މައްޗަށް ބިނާ ކުރެވިފައި އޮންނަ މައުލޫމާތު ފޯރުކޮށްދިނުމަށް ކެންސަރ ސޮސައިޓީން ކުރަމުންދާ މަސައްކަތަށް އެކަމަނާ ވަނީ ތަޢުރީފް ކުރައްވާފައެވެ.