ޚަބަރުރާއްޖެ

އާޓިފިޝަލް އިންޓެލިޖެންސާ ގުޅޭ މާސްޓަރ ޕްލޭނެއް އެކުލަވާލަނީ

October 18, 2024

Share this story

އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތު މެދުވެރިކޮށް އިޤްތިޞާދީ ފައިދާ ހޯދޭނެ ގޮތުގެ މާސްޓަރ ޕްލޭނެއް އެކުލަވާލަން ރައީސުލްޖުމްހޫރިއްޔާ ނިންމަވައިފިއެވެ. solexsolex

ބުދަ ދުވަހު އޮތް ވަޒީރުންގެ މަޖިލިހުގައި މަޝްވަރާކުރައްވާ ނިންމަވާފައި ވަނީ އާޓިފިޝަލް އިޓެލިޖެންސް މެދުވެރިކޮށް އިގްތިޞާދީ ފައިދާ އެންމެ ފުރިހަމަ ގޮތުގައި ރާއްޖެއަށް ހޯދޭނެ ގޮތްތަކާއި، އެކަމުގެ ސަބަބުން ދިމާވެދާނެ ނުރައްކާތެރި ޙާލަތްތަކުން ސަލާމަތްވާނެ ގޮތްތައް އެކުލެވޭ މާސްޓަރ ޕްލޭނެއް ތައްޔާރު ކުރުމަށެވެ. އެ ޓެކްނޯލޮޖީގެ ބޭނުން ހިފުމުގައި ދިވެހިރާއްޖޭގައި ޢަމަލުކުރާނެ ޤާނޫނީ ފްރޭމްވަރކެއް ހިމެނޭ ގޮތަށް އަދި މިފަދަ ކަންކަމުގައި ސަރަހައްދީ ޤައުމުތަކުން ޢަމަލުކުރަމުންދާ ގޮތްތަކަށްވެސް ބަލައިގެން މާސްޓަރޕްލޭނެއް އެކުލަވައިލެއްވުމަށް ވަނީ ނިންމަވާފައެވެ.

އާޓިފިޝަލް އިންޓެލިޖަންސްގެ ފަންނިއްޔާތާ ގުޅޭ މާސްޓަރޕްލޭނެއް އެކުލަވައިލެއްވުމަށްފަހު، މިކަމާ ގުޅޭ ކަރުދާސްތައް، މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީއާއި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމަށްވެސް ވަނީ ކަނޑައަޅުއްވާފައެވެ.