ޚަބަރުރާއްޖެ

ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގައި ދެން އޮތީ ޑިޒައިން މަސައްކަތް - މިނިސްޓްރީ

October 17, 2024

Share this story

ވިލިމާލޭގައި އަޅާ ހޮސްޕިޓަލްގައި ދެން އޮތީ ޑިޒައިން މަސައްކަތްކަމަށް އިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާއިން ބުނއފިއެވެ. އެވުޒާރާއިން މިހެން ބުނީ ވިލިމާލޭގާއި އަޅާ ހޮސްޕިޓަލްގެ ފީސިބިލިޓީ ސްޓަޑީ ނިންމާ ހޯދުންތައް އެކުލެވޭ އެއްބަސްވުމުގައި މިއަދު ޗައިނާ ސަރުކާރާއެކު ސޮއިކުރުމަށްފަހުއެވެ.solexsolex

އެމިނިސްޓްރީން އެކްސްގައި ކޮށްފައިވާ ޕޯސްޓްގައި ބުނެފައިވަނީ ހޮސްޕިޓަލް މަޝްރޫއުގައި ދެން އޮންނާނީ ޑިޒައިނިންގ މަސައްކަތް ކަމަށެވެ. 100 އެނދުގެ މިހޮސްޕިޓަލަކީ ޗައިނާގެ ހިލޭ އެހީގެ ދަށުން ވިލިމާލެގައި އަޅާ ހޮސްޕިޓަލެކެވެ. ޗައިނާގެ ހިލޭއެހީގެ ދަށުން ހޮސްޕިޓަލް އަޅައިދޭން ނިންމީ ޖެނުއަރޫ މަހު ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ޗައިނާއަށް ކުރެއްވި ދަތުރުފުޅުގައެވެ. ވިލިމާލޭގައި ފެންވަރު ރަނގަޅު ހޮސްޕިޓަލެއް އެޅުމަކީ ސަރުކާރުގެ ވައުދެކެވެ. ހޮސްޕިޓަލްގެ އަމަލީ މަސައްކަތް މިއަހަރު ފަށަން ސަރުކާރުން ވަނީ ނިންމަވާފައެވެ.

ހޮސްޕިޓަލް އެޅުމުގެ ކުރިން ހަދަންޖެހޭ ފީސިބިލިޓީ ސްޓަޑީ ނިންމާ ހޯދުންތައް އެކުލެވޭ އެއްބަސްވުމުގައި ރާއްޖެއިން ސޮއިކުރެއްވީ އިމާރާތް ކުރުމާއި ބިނާރާބެހޭ ވަޒީރު ޑރ.އަބްދުالله މުއަޠަލިބެވެ. ޗައިނާ ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ވޮން ލީޝިން އެވެ.