ޚަބަރުސްޕޯޓްސް

ރާއްޖެ-ބަނގްލަދޭޝް އަންނަ މަހު ރަހުމަތްތެރިކަމުގެ ދެ މެޗަށް

October 19, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ޤައުމީ ފުޓްބޯޅަ ޓީމް

ރާއްޖެއާއި ބަނގްލަދޭޝްގެ ސީނިއަރ ޤައުމީ ފުޓްބޯޅަ ޓީމް އަންނަ މަހު ރަހުމަތްތެރި ކަމުގެ ދެމެޗެެއްގައި ވާދަކުރަން ހަމަޖެހިއްޖެއެވެ. މިކަން ދެގައުމުގެ ފުޓްބޯޅަ އެސޯސިއޭޝަނުންވެސް ވަނީ އިއުލާނުކޮށްފައެވެ.solexsolex

ނޮވެމްބަރު މަހު ދެ މެޗުވެސް ކުޅޭނީ ބަނގްލަދޭޝްގައެވެ. ފުރަތަމަ މެޗު ކުޅޭނީ ނޮވެމްބަރު 13 ވަނަ ދުވަހު އެވެ. ދެވަނަ މެޗު ކުޅޭނީ 16 ވަނަ ދުވަހު އެވެ. ދެމެޗުވެސް ކުޅޭނީ ބަޝުންދުރަ ކިންގްސް އެރީނާގައެވެ.

ރާއްޖޭގެ ސީނިއަރ ޓީމް އެންމެ ފަހުން މެޗެއް ކުޅެފައިވަނީވެސް ބަނގްލަދޭޝްއާ ދެކޮޅަށެވެ. މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ވަރލްށްކަޕް ކޮލިފިކޭޝަންގައި މާލޭގައި ކުޅުނު މެޗު ނިމުނީ 1-1 ން އެއްވަރު ވެގެންނެވެ.

ޤައުމީ ޓީމުން އެކުވެރިކަމުގެ ދެ މެޗު ކުޅެން ނިންމިއިރު ރާއްޖޭގެ ފުޓްބޯޅަ ސީޒަން މިއަހަރު ފެށޭނެކަން ޔަގީނެއް ނޫނެވެ. މާޒިޔާ ފިޔަވާ އެހެން ކްލަބެއްގެ ތައްޔާރީއެއް ނެތެވެ. މާޒިޔާވެސް ތައްޔާރުވަނީ އޭއެފްސީގެ މުބާރާތުގައި ވާދަކުރަން ޖެހޭތީއެވެ. މާޒިޔާއިން ތައްޔާރުވަނީ ބިދޭސީ ކުޅުންތެރިން ހިމެނޭހެން ވަރުގަދަ ސްކޮޑަކާއެކުއެވެ. ރާއްޖޭގައި ފުރަތަމަ ޑިވިޝަންގައި ކްލަބްތައް ބޯޅަ ނުކުޅޭތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެއްޖެއެވެ. އެފްއޭއެމް ހިންގަމުން ދަނީ ނޯމަލައިޒޭޝަން ކޮމިޓީއަކުންނެވެ.

ޤައުމީ ޓީމް ކުޅޭ އެކުވެރިކަމުގެ ދެ މެޗުގައި ޓީމަށް އިރުޝާދުދޭނީ ކޯޗު އަލީ ސުޒޭން އެވެ. އޭނާގެ އެހީތެރިއަކީ ހަމަޖައްސާފައިވަނީ މާޒިޔާގެ އެސިސްޓެންޓް ކޯޗު އަހުމަދު ސުޒެއިރު ކަމަށް މައުލޫމާތު ލިބެއެވެ. ސް ސުޒޭންގެ އެހީތެރިއަކަށް މަސައްކަތް ކޮށްފައެވެ.