ޚަބަރުސްޕޯޓްސް

ރެއާލް މެޑްރިޑަށް ކުޅުނު އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިއަކަށް މޮޑްރިޗް!

October 20, 2024

Share this story

ރެއާލް މެޑްރިޑަށް ކުޅުނު އެންމެ އުމުރުން ދުވަސްވީ ކުޅުންތެރިއަކަށް އެކްލަބްގެ ތަރި ލުކަ މޮޑްރިޗް ވެއްޖެއެވެ.solexsolex

ރެއާލްގެ ތާރީޚުން މޮޑްރިޗް އަނެއްކާވެސް ޖާގަ ހޯދީ ސްޕެނިޝް ލަލީގާގައި ރޭ ސެލްޓަ ވީގޯ އަތުން 2-1 ން މޮޅުވި މެޗުގައެވެ. މެޗުގެ ދެވަނަ ހާފްގައި މޮޑްރިޗް ކުޅެން ނިކުތުމާއެކު އޭނާ ވެފައިވަނީ ރެއާލްއަށް މެޗެއް ކުޅުނު އުމުރުން އެންމެ ދޮށީ ކުޅުންތެރިޔާ އަށެވެ. މޮޑްރިޗް ކުޅެން ނިކުއިން އިރު ދެޓީމް އޮތީ 1-1 ން އެއްވަރު ވެފައެވެ. ރެއާލް މޮޅުވި ލަނޑު 66 ވަނަ މިނިޓްގައި ވިނީޝިއުސް ޖޫނިއަރ ޖެނީ މޮޑްރިޗް ތަނަވަސްކޮށްދިން ފުރުޞަތަކުންނެވެ. މޮޑްރިޗް ކުޅެން ނިކުތީ 63 ވަނަ މިނިޓްގައެވެ. މޮޑްރިޗް ރެކޯޑް ހެދީ 39 އަހަރުގައެވެ.

މެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު ޖެހީ 20 ވަނަ މިނިޓްގައި އެމްބާޕޭ އެވެ. ސެލްޓަ ވީގޯ އިން ނަތީޖާ ހަމަހަމަ ކުރީ 51 ވަނަ މިނިޓްގައި ވިލިއޮޓް ސްވެދްބާގް ޖެހި ލަނޑުންނެވެ.

މޮޅާއެކު ރެެއާލް މެޑްރިޑް ވަނީ އެއްވަނައިގައި އޮތް ބާސެލޯނާއާ ޕޮއިންޓްގެ ގޮތުން ހަމަހަމަ ކޮށްފައެވެ. އެއީ 24 ޕޮއިންޓް ހޯދައިގެންނެވެ. އެކަމަކު ރެއާލް ވަނީ ބާސެލޯނާއަށް ވުރެ އިތުރަށް މެޗެއް ކުޅެފައެވެ.