ޚަބަރުސްޕޯޓްސް

ވޮލީބޯޅައާމެދު ނަފްރަތު އުފައްދާ ނަމަ ފިޔަވަޅު އަޅަނީ

October 22, 2024

Share this story

ލިޔުނީ

އަށްޑުވަސް,

ވޮލީބޯޅަ އެސޯސިއޭޝަން ކަޕް

ވޮލީބޯޅައާމެދު ނަފްރަތު އުފައްދާ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ވޮލީބޯޅަ އެސޯސިއޭޝަނުން ނިންމުމެއް ނިންމައިފި އެވެ.solexsolex

ވީއޭއެމްގެ ނިންމުން އައިސްފައި ވަނީ ރޭ ބޭއްވި އެކސްޓްރާ އޯޑިނަރި ކޮންގްރެސްގައެވެ. ކޮންގްރެސްގައި ބައިވެރިވި 13 ކްލަބްގެ އިއްތިފާގުން ފާސްކުރީ ވޮލީބޯޅަ އެސޯސިއޭޝަންގެ ހިންގާކޮމިޓީގެ މެމްބަރުންނަށް އަމާޒުކޮށް ހަގީގަތާ ހިލާފް އަދި ބޭއަދަބީ, މުޖުތަމައު ބަލައިނުގަންނަ ބަހުރުވަ ބޭނުންކޮށް ތަފާތު ވާހަކަތަކާއި, އިލްޒާމްތައް އަޅުވާ, ފޮޓޯ ސޯޝަލް މީޑިޔާގައި ދައުރު ކުރާ ފަރާތްތަކަށް އަދަބު ދިނުމަށެވެ. އެގޮތުން އެފަދަ ފަރާތްތަކުގެ މައްސަލަތައް ބަލާ ދިވެހިރާއްޖޭގައި ރާވާ ހިންގާ ވޮލީބޯޅައިގެ އެއްވެސް ހަރަކާތެއްގައި މަދުވެގެން ދެ އަހަރު ވަންދެން ބައިވެރި ނުވެވޭ ގޮތަށް ފިޔަވަޅު އަޅަން ފާސްކުރިއެވެ.

އެފަދަ ފަރާތްތަކާމެދު ފިޔަވަޅު އަޅަން ހުށަހެޅީ ކްލަބް ވޮލީބޯޅައިންނެނެވެ. ކްލަބް ވޮލީބޯޅައިގެ ހުށަހެޅުމަށް ތާއީދުކުރީ އެސްޕިރޭޝަން ފޮރއޯލް އިނީޝިއޭޓިވްސް ސްޕޯރޓްސް ކްލަބެވެ.

އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގައި ވަނީ މިދިޔަ ހަތަރު އަހަރުގެ ވީއޭއެމްގެ އޮޑިޓް ރިޕޯރޓްވެސް ފާސްކޮށްފައެވެ