ޚަބަރުދުނިޔެ

ލޮސް އެންޖެލިސް އަލިފާން: 'ރަތް ދިދަ' އިގެ އިންޒާރު ނަގައިފި

January 16, 2025

Share this story

ލިޔުނީ

އަށްޑުވަސް,

އެމެރިކާ

އެމެރިކާގެ ފެސިފިކް ޕަލިސޭޑްސްގައި ޖެނުއަރީ 9 ވަނަ ދުވަހު ރޯވި އަލިފާންގަނޑު ކޮންޓްރޯލް ކުރެވިފައި ވީނަމަވެސް އަދިވެސް ނުރައްކާ އެބައޮތްކަމަށް އެގައުމުގެ މޫސުމާބެހޭ ހިދުމަތުން ބުނެފިއެވެ.solexsolex

'ސަންޓާ އަނާ' ގެ ނަން ދީފައިވާ ބާރުގަދަ ވަޔާއެކު 8 މަސްދުވަސްވަންގެން ވާރޭ ނުވެހި ހަނަފަސްކަން މަތީގައި އޮތް ލޮސް އެންޖެލިސްގެ ބޮޑު ސަރަޙައްދަކަށް އަލިފާންގަނޑު ވަނީ ދާދި އަވަހަށް ފެތުރިފައެވެ. ހަތަރު ދުވަސް ފަހުން ވައިގެ ބާރުމިން ކުޑަކޮށް ދަށްވުމަށްފަހު ފާއިތުވި ދެދުވަހު ވާއިގެ ބާރުމިން އެސަރަޙައްދުގައި ވަނީ ގަޑިއަކު 80 ކިލޯމީޓަރާ 112 ކިލޯމީޓަރަށް މަތިވެފައިވެއެވެ.

ބުރާސްފަތި ދުވަހު ވައިޖެހޭ މިންވަރު ދަށްވެފައި ވީނަމަވެސް ބައެއް ސަރަޙައްދުތަކުގައި ރޯވެފައިވާ އަލިފާން އަދިވެސް ހުރުމާއެކު ނުރައްކާއެއްކޮށް ނެތިގެން ނުދާކަމަށް މޫސުމާބެހޭ ޚިދުމަތުން ވަނީ ބުނެފައެވެ.

އަލިފާނާއެކު އެސަރަހައްދުގެ 6.5 މިލިއަން މީހުން ނުރައްކަލެއްގެ ތެރޭގައި ތިބިއިރު 25 މީހަކު ވަނީ އަލިފާނުގައި މަރުވެފައެވެ. 40,000 އޭކަރުގެ ސަރަޙައްދެއް އަނދާ އަޅިއަޅިއަށް ވެފައިވާއިރު މިއީ ގާތްގަނޑަކަށް ވޮޝިންގްޓަން އާ އެއްވަރުގެ ސަރަޙައްދެކެވެ.

ކެލިފޯނިއާ ސިޓީގެ އެކި ސަރަޙައްދުތަކުގައި ރޯވި އަލިފާންގަނޑުގައި 12,000 ށް ވުރެ ގިނަ އިމާރާތްވެސް ވަނީ އަނދާ އަޅިއަށް ވެފައެވެ. އޭގެ ތެރޭގައި މަލީބޫ ބީޗް ސަރަޙައްދުގައި ހުރި ހޮލީވުޑް ސެލެބްރިޓީންގެ އަގުބޮޑު އެތައް ގެއެއްވެސް ވަނީ އަނދައިގެން ގޮސްފައެވެ.

އަލިފާން ފެތުރުނު ސަރަޙައްދުތަކުން 200,000 އަށް ވުރެ ގިނަ މީހުން އެހެން ސަރަހައްދުތަކަށް ބަދަލުކުރެވުނު އިރު 82,400 މީހަކު މިހާރުވެސް ތީބީ ރައްކާތެރިކަމުގެ އަމުރު މަތީގައެވެ. އިތުރު 90,400 މީހަކު އަދި ރައްކާތެރި ހިސާބުތަކަށް ބަދަލުކުރަންޖެހިދާނެކަންވެސް ވަނީ އަންގާފައެވެ.

އަލިފާން ނިއްވުމުގެ މަސައްކަތުގައި 8,500 ފަޔަރ ފައިޓަރުން ހަރަކާތްތެރިވާއިރު އަވައްޓެރި ކެނަޑާއާއި މެކްސިކޯއިންވެސް ދަނީ އަލިފާން ނިއްވުމުގައި އެޤައުމުގެ ތަކުގެ އިންސާނީ އަދި އެހެނިހެން ވަސީލަތްތަކުގެ އެހީތެރިކަން ދަނީ ފޯރުކޮށްދެމުންނެވެ.