ނުވަ މަސް ފަހުން ރަފަޙް ބޯޑަރު ހުރަސްކޮށް ޣައްޒާގެ ބަލިމީހުން ބޭސްފަރުވާއަށް ޤައުމުން ބޭރަށް ދިއުމުގެ ފުރުޞަތު ދީފި
February 01, 2025
Share this story
ލިޔުނީ
އަށްޑުވަސް,
ޤައުމުން ބޭރުން އަވަސް ސިއްޙީ އެހީތެރިކަން ބޭނުންވާ ޣައްޒާގެ 50 މީހަކަށް ރަފަޙް ބޯޑަރު ހުރަސްކޮށް މިޞްރަށް އެތެރެވުމުގެ ފުރުޞަތު މިއަދު ދީފިއެވެ. މިއީ 9 މަސް ދުވަހަށްފަހު ރަފަޙް ބޯޑަރު ހުޅުވާލި ފުރަތަމަ ފަހަރެވެ.solex
ހަމާސް އާއި އިޒްރާއިލްއާ ދެމެދު ވެފައިވާ ހަމަލާތައް މެދުކަނޑާލުމާގުޅޭ އެއްބަސްވުމުގެ ދަށުންރަފަޙް ކްރޮސިން ހުރަސްކޮށް އެ މީހުންނާ ބޯޑަރުން ހަވާލުވީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ނެވެ. ފަލަޞްޠީނުގެ ރައްޔިތުންނަށް ބޭނުންވާ ސިއްޙީ ފަރުވާގެ ކަންކަމަށް ޤައުމުން ބޭރަށް ދިއުމާ ގުޅެ ކަންކަން ހަމަޖައްސާނީވެސް އެޖަމައަތުންނެވެ.
އެއްބަސްވުމާ އެއްގޮތަށް ކުރިއަށް އޮތް ދުވަސްތަކުގައިވެސް ސިއްޙީ ފަރުވާއަށް ޖުމްލަ 400 މީހުން ޣައްޒާއިން ބޭރަށް ދިއުމުގެ ހުއްދަ ލިބޭނެއެވެ. މިއަދު ޣައްޒާއިން ބޭރަށް ދިޔަ 50 މީހުންނާއެކު 61 އެހީތެރިއަކުވެސް ވަނީ މިޞްރަށް އެތެރެވެފައެވެ.
މިޞްރުގެ ޓީވީން ވަނީ ކުޑަކުދިން ހިމެނޭހެން ޒަޙްމަވެފައިވާ ފަލަޞްޠީނުގެ އެތައްބަޔަކު އަށިގަނޑުތަކުގައި އެމްބިއުލާންސް ތަކުން ބާލައިގެން ރެޑްކޮރޮސްގެ މިޞްރު ފަޅީގެ ރެޑްކޮރޮސްގެ އެމްބިއުލާންސް ތަކަށް އަރުވާ މަންޒަރު ދައްކާފައެވެ.
މިއަދު ރަފަޙް ބޯޑަރު ހުޅުވާލާފައިވާއިރު ޣައްޒާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ދިނުމަށް ގެންނަ ސާމާނާއެކު ޖެނުއަރީ 19 ވަނަ ދުވަހުން ފެށިގެން ކަރެމް އަބޫ ޝަލެމް ވަނީ ހުޅުވާލާފައެވެ. އެއްބަސްވުމާ އެއްގޮތަށް ދުވާލަކު 600 ޓްރަކްގެ އިންސާނީ އެހީގެ ތަކެތި ދަނީ ޣައްޒާއަށް އެތެރެވަމުންނެވެ.
ޤަބޫލުކުރެވޭ ގޮތުގައި ދުވަސްތަކެއް ފަހުން ޣައްޒާއިން އެނބުރި މީހުން ނިކުތުމަށާއި ޢައްޒާއަށް އެނބުރި މީހުން އައުމަށް ރަފަޙް ބޯޑަރު އެއްބަސްވެވޭ ގޮތެއްގެ މަތިން ހުޅުވާލާނެއެވެ.