އެއްބަސްވުމާ އެއްގޮތަށް 8 ރަހީނުންގެ ބަދަލުގައި 110 ފަލަޞްޠީނުގެ ރައްޔިތުން މިނިވަންކޮށްފި
January 31, 2025
Share this story
ލިޔުނީ
އަށްޑުވަސް,
އިޒްރާއިލްއާއި ހަމާސް އާ ދެމެދު ހަމަލާތައް މެދުކަނޑާލުމަށް ވެވިފައިވާ އެއްބަސްވުމާ އެއްގޮތަށް އިތުރު 110 މީހަކު މިއަދު އިޒްރާއިލްއިން މިނިވަންކޮށްފިއެވެ. ފަލަޞްޠީނުގެ ޕްރިޒަނަރ ސޮސައިޓީން ބުނި ގޮތުގައި ހަމާސްއިން މިއަދު މިނިވަންކުރި އަށް ރަހީނުގެ ބަދަލުގައި މިނިވަންކުރި ފަލަޞްޠީނުގެ 110 މީހުންގެ ތެރޭގައި 30 ކުޑަކުދިންވެސް ހިމެނެއެވެ. solex
މިނިވަން ކުރި 8 ރަހީނުންގެ ތެރޭގައި ހިމެނެނީ އިޒްރާއިލްގެ ތިން މީހަކާއި ތައިލެންޑްގެ ފަސް މީހެކެވެ.
ރެޑް ކޮރޮސްގެ އުޅަނދުތަކުގައި މިނިވަންކުރި ފަލަޞްޠީނުގެ ރައްޔިތުން ގެންގޮސްފައިވަނީ ހިޞާރުކޮށްފައިވާ ހުޅަނގު އައްސޭރީގެ ރާމަالله ގެރަދާނާ ސަރަޙައްދަށެވެ. މިއަދު ފަލަޞްޠިނުގެ ގަޑިން 10 ޖަހާއިރު އެމީހުން ރަދާނާއަށް ގެންދިއުމުގެ ކުރިން ހަމާސް އަދި އެހެނިހެން މުޖާހިދުންގެ ޖަމާއަތްތަކުގައި ދަށުގައި ތިބި މީހުން މިނިވަންކޮށް އެނބުރާ އިޒްރާއިލްއަށް ވަނީ ގެންގޮސްފައެވެ.
އެއްބަސްވުމާ އެއްގޮތަށް މިނިވަންކުރި މީހުންގެތެރޭގައި ހިމެނޭ 20 ޤައިދީއަކު މިނިވަންވުމަށްފަހު އެހެން ޤައުމުތަކަށް ދާންޖެހޭނެއެވެ. އެއީ ސިޔާސީ ކުށްވެރިންގެ ތެރޭގައި ހިމެނޭކަށް އިޒްރާއިލްއިން ޤަބޫލުކުރާ މުޖާހިދުންގެ ތެރެއިން ބައެއް މީހުންނަށް އޮންނަ ހުކުމެކެވެ.
މިއަދު ދޫކޮށްލި ފަލަޞްޠީނުގެ އަސީރުންގެ ތެރޭގައި މަޝްހޫރު މުޖާހިދު އަދި 2021 ވަނަ އަހަރުގައި އިޒްރާއިލްގެ ޖަލު ފަޅާލި މަޝްހޫރު ހާދިސާއިން ފިލި ތިއޭޓަރ ޑައިރެކްޓަރ ޒަކަރިއާ ޒުބެއިދީ ވެސް ހިމެނެއެވެ. 49 އަހަރުގެ ޒުބެއިދީ ޖަލު ފަޅާލި ހާދިސާއަކީ މުޅި އިޒްރާއިލްގެ ސަލާމަތީ ހިދުމަތަށް ގުޑުން ގެނުވި ހާދިޡާއެކެވެ. އަދި އެހާދިސާއަށް ފަހު އޭނާއަކީ ފަލަޞްޠީނުގެ ރައްޔިތުންގެ ކުރިމަތީގައި ބަތަލެއްގެ ދަރަޖަ ލިބިފައިވާ މީހެކެވެ.
ޒުބެދީ އަކީ ކުރިން އަލް-އަޤްޞާ ބްރިގޭޑްސް ލީޑުކުރި މުޖާހިދެކެވެ. އޭނާއަކީ ފަލަޞްޠީނިއަން އޮތޯރިޓީ (ޕީއޭ) ގެ ކޮންޓްރޯލް އޮންނަ ފަތަހަ ޖަމާއަތާ ގާތްގުޅުމެއް އޮންނަ ފަރާތެކެވެ. 2000 ން 2005 ށް އިޒްރާއިލްއާ ދެކޮޅަށް މުޖާހިދުން ދިން ވަރުގަދަ ޖަމާތަކުގައި ޒުބެއިދީގެ ދައުރު ބޮޑެވެ.