ޚަބަރުދުނިޔެ

ޓްރަޕްމްގެ ޣައްޒާ 'ސާފުކޮށްލުން' ޕްލޭނަށް ފަލަޞްޠީނުން ރައްދުދީފި

January 27, 2025

Share this story

ލިޔުނީ

އަށްޑުވަސް,

ޑޮނަލްޑް ޓްރަމްޕްޣާއްޒާ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް, ޣައްޒާގެ ރައްޔިތުން އަވައްޓެރި އުރުދުން އަދި މިޞްރަށް ގެންގޮސް 'ޣައްޒާ ސާފުކޮށްލުމަށް' ގޮވާލި ގޮވާލުމަށް ފަލަޞްޠީނުން ރައްދު ދީފައެވެ. ޓްރަމްޕް ހޮނިހިރު ދުވަހު އެމެރިކާގެ އެއަރފޯސްފައި ބޭއްވި ބައްދަލުވުގައި ވަނީ އެޤައުމުގެ ތަކުގެ ވެރިންނަށް އެކަން ހުށަހެޅުމަށް ގުޅުއްވާނެ ކަމަށް ވިދާޅުވެއެވެ.solexsolex

ފަލަޞްޠީނު އިދާރީގޮތުން ހިންގަމުން އަންނަ ފަލަޞްޠީނިއަން އޮތޯރިތީ (ޕީއޭ) އިން ވަނީ ރައީސް ޓްރަމްޕްގެ މި ހުށަހެޅުމަކީ 'ރަތްރޮނގު ހުރަސް ކުރުން' ކަމަށާއި ޣައްޒާގެ ރައްޔިތުން އެދެނީ އެމީހުން ޣައްޒާގައި ދިރިއުޅުމަށް ކަމަށްވަނީ ބުނެފައެވެ.

ފަލަޞްޠީނުގެ ރައްޔިތުންވެސް ދަނީ ޓްރަމްޕްގެ މި ގޮވާލުން ކުށްވެރިކޮށް ނުރުހުން ފާޅުކުރަމުންނެވެ. އުރުދުން އަދި މިޞްރު ކޮންމެ ޤައުމަކަށް މިލިއަނެއްހާ ޣައްޒާގެ ރައްޔިތުން ގެންދަށް ޓްރަމްޕް ރާވަމުންދާ ޕްލޭނަކީ ރޭވިގެން ފަލަޞްޠީނުގެ ނަސްލު ޣައްޒާއިން ނައްތާލުމަށް ހިންގަން އުޅޭ ޖަރީމާއެއް ކަމަށް ރައްޔިތުން ވަނީ ބުނެފައެވެ.

ރާމަالله ގައި ޕީއޭއިން އެކަމާ ދެކޮޅު ހެދުމުގެ ގޮތުން ބޭއްވި ބައްދަލުވުމުގައި އާދިއްތަ ދުވަހު ބުނެފައިވަނީ ޣައްޒާގެ ރައްޔިތުން އެ ހުށަހެޅުން ބަލައިގަންނަށް ބޭނުންނުވާކަމަށް ބުނެފައިވާކަން އަންގާކަމަށެވެ.

"ފަހަރުގައި ބަލިކަށިމީހުން ކެކުޅުމުން ސަލާމަތްވެ ތާއަބަދު ވޭނުގައި އުޅެން ބޭނުންނުވެދާނެ. އެކަމަކު އެމީހުންގެ އުފަން އަދި ކާބަފައިންގެ ބިމުން ފޭބުމުގެ ހިޔާލުވެސް ޣައްޒާގެ ރައްޔިތުން ނުކުރާނެ" ފަލަޞްޠީނުގެ ރައްޔިތެއްކަމަށްވާ ނާފިޒް ހަލާވާ އަލްޖަޒިރާއަށް ބުންޏެވެ.

އެހެން މީހަކު ބުނީ އެމީހުން ޣައްޒާ ދޫކޮށްދާން ބޭނުންވާނަމަ 15 މަސްދުވަސްވަންދެން އެމީހުން އެ ތަޙައްމަލް ކުރި ކަންތައް ތަޙާއްމަލް ނުކުރާނެ ކަމުގައެވެ. އިޒްރާއިލް އަދި އެމެރިކާއިން ޣައްޒާއާ ދެކޮޅާށް ހިންގާ ޤަތުލްއާންމުން އެމީހުންނަށް އެކައްޗެއްވެސް ހާސިލްނުކުރެވޭނެ ކަމަށާއި ކޮންމެގޮތެއްވިއަސް އެމީހުން ތިބޭނީ ފަލަޞްޠީނުގެ ބިމުގައި ކަމުގައެވެ.