ޚަބަރުދުނިޔެ

ޣައްޒާގެ ހަމަލާތައް މަޑުޖައްސާލާ އިޒްރާއިލްގެ 'އަޔަން ވޯލް' އޮޕަރޭޝަން ޖެނިންގައި ވަރުގަދަކޮށްފި

January 23, 2025

Share this story

ލިޔުނީ

އަށްޑުވަސް,

ޣާއްޒާއިސްރާއީލް

ޣައްޒާގައި 15 މަސްދުވަސްވަންދެން އިޒްރާއިލްއިން ހިންގަމުން ގެންދިޔަ ޤަތުލްއާންމު މަޑުޖައްސާލާފައިވާ މިދަނޑިވަޅުގައި އިޒްރާއިލްއިން ދަނީ ޖެނިންގައި ވަރުގަދަ ހަމަލާތަކެއް ދެމުންނެވެ. ހިފާފައިވާ ހުޅަނގު އައްސޭރީގެ ސިޓީއެއް ކަމަށްވާ ޖެނިންގައި 'އަޔަން ވޯލް އޮޕަރޭޝަން' ފެށިތާ ތިންވަނަ ދުވަސް ގުނަމުންދާއިރު ޖުމްލަ 12 މީހަކު ވަނީ މިހާތަނަށް ޝަހީދުކޮށްލާފައެވެ.solexsolex

އިޒްރާއިލްގެ ސިފައިން ދަނީ ރެފިއުޖީ ކޭމްޕްތަކުގައި ދިރިއުޅެމުންދާ ފަލަޞްޠީނުގެ ރައްޔިތުންނަށް އެމީހުން ދިރިއުޅޭ ތަންތަން ދޫކޮށް ދިއުމަށްވެސް އަމުރުކުރަމުންނެވެ. އެހެންކަމުން ބުރާސްފަތި ދުވަހުންފެށިގެން އެމީހުންދަނީ ދިރިއުޅޭތަން ދޫކޮށް ދާންފަށާފައެވެ.

"އަސްކަރިއްޔާގެ ލައުޑްސްޕީކަރުތައް ޑްރޯން އަދި އަސްކަރީ އެއްގަމު އުޅަނދުތަކުގައި ހަރުކޮށްގެން ކޭމްޕް ދޫކޮށްދާން އަމުރުކުރަމުން ދަނީ" ޖެނިންގެ ގަވަރުނަރު ކަމާލް އަބޫ އަލް-ރަބް އޭއެފްޕީ ނިއުސް އަށް މައުލޫމާތު ދީފައިވެއެވެ.

ހިފާފައިވާ ހުޅަނގު އައްސޭރީގެ އެކި ހިސާބުތަކުގައި 'އަޔަން ވޯލް' އޮޕްރޭޝަން ފަށާފައިވަނީ ޣައްޒާއަށް ދެމުންދިޔަ ހަމަލާތައް މެދުކަނޑާލިތާ ދެވަނައަށް ވީ ދުވަހުއެވެ. އިޒްރާއިލްއިން ބުނެފައިވަނީ އެއީ ޓެރަރިޒަމް ނައްތާލުމަށް ދޭ ހަމަލާތަކެއް ކަމުގައެވެ.

އަދި ބުރާސްފަތި ދުވަހު މަރާލި ދެމީހުންނަކީވެސް ފަލަޞްޠީނުގެ އިސްލާމިކް ޖިހާދު ޖަމާއަތަށް ނިސްބަތްވާ ދެ ޓެރަރިސްޓުން ކަމުގައެވެ. އެމީހުން ވަނީ މިމަހު ކުރީކޮޅު ޤަލްގާލިޔާގައި އިޒްރާއިލް ސިފައިންގެ ތިން މީހަކު މަރާލާ ހަ މީހަކު ޒަޙަމްކޮށްލާފައި ކަމަށްވެސް އަސްކަރިއްޔާއިން ވަނީ ބުނެފައެވެ.