ޚަބަރުދުނިޔެ

ަހަމާސްއިން ހޮނިހިރު ދުވަހު މިނިވަންކުރާ ރަހީނުންގެ ނަންތައް ހާމަކޮށްފި

January 24, 2025

Share this story

ލިޔުނީ

އަށްޑުވަސް,

ޣާއްޒާ

ހަމާސް އާއި އިޒްރާއިލްއާ ދެމެދު ބަދަލުކުރަމުންދިޔަ ހަމަލާތައް މެދުކަނޑާލުމާ ގުޅޭ އެއްބަސްވުމުގެ ދަށުން ހޮނިހިރު ދުވަހު މިނިވަންކުރުމަށް ހަމަޖެހިފައިވާ ރަހީނުންގެ ނަންތައް ހަމާސްއިން ހާމަކޮށްފިއެވެ. ހަމާސްއިން މިނިވަންކުރަން ހަމަޖެހިފައިވާ ހަތަރު މީހެއްގެ ނަން ހުކުރު ދުވަހު ހާމަކޮށްފައިވާކަށް އިޒްރާއިލްއިންވެސް ވަނީ ކަށަވަރުކޮށްދީފައެވެ.solexsolex

ނަމަވެސް އެއީ ކޮން ބައެއްކަން އަދި އެމީހުންގެ ނަންތައް އިޒްރާއިލް އިން ހާމަކޮށްފައެއް ނުވެއެވެ. ހޮނިރު ދުވަހު މިނިވަންކުރާ ރަހީނުންގެ ބަދަލުގައި އިޒްރާއިލްގެ ޖަލުތަކުގައި ތިބި ފަލަޞްޠީނުގެ ސަތޭކައެއްހާ މީހުން އިޒްރާއިލްއިން ދޫކޮށްލަން ޖެހޭނެއެވެ.

ހަމާސްގެ އަތްދަށުގައި ތިބި ހުރިހާ ރަހީނުން މިނިވަންކުރުމަށް އެމީހުންގެ އާއިލާތަކުން ހުކުރުދުވަހު ވެސް ވަނީ އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ގޮވާލާފައެވެ. އަދި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްގެ ފަރާތުން އެކަމަށް ޕްރެޝަރުކޮށްދިނުމަށްވެސް އާއިލާތަކުން ވަނީ އެދިފައެވެ.

ހޮނިހިރު ދުވަހަކީ ހަމަލާތައް 42 ދުވަހަށް މެދުކަނޑާލުމަށް ވެފައިވާ އެއްވަސްވުމަށް ހަފުތާއެއްވާ ދުވަހެވެ. ހަމާސްގެ އަތްދަށުގައި ތިބި 90 ރަހީނުންގެ ތެރެއިން މި ހަ ފިޔަވަހީގައި ބައިބަޔަށް މިނިވަންކުރުމަށް ހަމަޖެހިފައިވަނީ 33 މީހެކެވެ. ބަދަލުގައި ދެހާހެއްހާ ފަލަޞްޠީނުގެ ރައްޔިތުން އިޒްރާއިލް އިން މިނިވަން ކުރުމަށް ވަނީ އެއްބަސްވެފައެވެ. 

އިޒްރާއިލްއިން ގަބޫލުކުރާ ގޮތުގައި ހަމާސްގެ އަތްދަށުގައި ތިބި 90 ރަހީނުންގެ ތެރެއިން ދެބައިކުޅަ އެއްބައި މީހުން މިހާރު ދުނިޔޭގައި ނެތެވެ. އަދި ހަމާސްއިންވެސް އޭގެތެރެއިން ދުނިޔޭގައި ތިބީ ކިތަށް މީހުންކަމެއް ހާމަކޮށްފައެއް ނުވެއެވެ. ރަހީނުންނާއި އަސީރުން ބަދަކުކުރުމުގެ ފަހު މަރުހަލާތަކުގައި މަރުވެފައިވާ މީހުންގެ ހަށިތައްވެސް ބަދަލުކުރެވޭނެއެވެ.