ޚަބަރުދުނިޔެ

ހަމާސްއިން މިނިވަންކުރި ހަތަރު ސިފައިންގެ ބަދަލުގައި ފަލަޞްޠީނުގެ 200 މީހުން މިނިވަންކޮށްފި

January 25, 2025

Share this story

ލިޔުނީ

އަށްޑުވަސް,

ޣާއްޒާއިސްރާއީލް

ހަމާސް އާއި އިޒްރާއިލްއާ ދެމެދު ވެފައިވާ ހަމަލާތައް މެދުކަނޑާލުމުގެ އެއްބަސްވުމުގެ ދަށުން މިނިވަންކުރި ދެވަނަ ބެޗުގައި ހަމާސްއިން އިޒްރާއިލް ސިފައިންގެ 4 މީހަކު މިނިވަންކޮށްފިއެވެ. އެއްބަސްވުމާ އެއްގޮތަށް އޭގެ ތިން ގަޑިއިރު ފަހުން އިޒްރާއިލްއިންވަނީ އިޒްރާއިލްގެ ޖަލުތަކުގައި ހައްޔަރުކޮށްފައިތިބި ފަލަޞްޠިނުގެ 200 މީހަކު މިނިވަންކޮށްފައެވެ.solexsolex

މިނިވަންކޮށް އިޒްރާއިލް ގެ ވެރިރަށް ތެލް އަވީވް އަށް އެމީހުން ގެންދިޔައިރު ފަލަޞްޠީނުގެ ރައްޔިތުންވަނީ ހިފާފައިވާ ހުޅަނގު އައްސޭރީގެ ރާމަالله އަށް ގެންގޮސްފައެވެ. މިނިވަންކުރާ އަސީރުން އެއްތަނުން އަނެއްތަނަށް ބަދަލުކުރަނީ ރެޑްކްރޮސްގެ އުޅަނދުތަކުގައެވެ. އިންޓަނޭޝަނަލް ކޮމިޓީ އޮފް ދި ރެޑްކޮރޮސް (އައިސީއާރުސީ) އިންވަނީ މިނިވަންކޮށްފައިވާ ފަލަޞްޠީނުގެ ރައްޔިތުން ޣައްޒާ އަދި ހިފާފައިވާ ހުޅަނގު އައްސޭރިއަށް ސަލާމަތްތެރި ކަމާއެކު ގެންދެވިފައިވާކަން ކަށަވަރުކޮށްދީފައެވެ.

ހަމާސްގެ އަތްދަށުގައި ތިބި ރަހީނުން މިނިވަންކުރުންއޮތީ ޣައްޒާ ސިޓީގެ ފަލަޞްޠީން މައިދާނުގައެވެ. މޫނު ނިވާކޮށްފައިވާ ހަމާސް އަދި ޕަލަޞްޠީނިއަން އިސްލާމިކް ޖިހާދުގެ ހަނގުރާމަވެރިންގެ ފުރިހަމަ ހިމާޔަތުގައި އިޒްރާއިލް ސިފައިންގެ އަންހެން 4 މީހުން ވަނީ ފުރިހަމަ ސަލާމަތާއެކު ރެޑްކްރޮސް އާ ހަވާލުކޮށްފައެވެ.

ރެޑްކޮރޮސްގެ ބަހަށް އެރުމުގެކުރިން އެމީހުންވަނީ އެތާގައި ހުރި ސްޓޭޖަށް އަރާ ހިނިތުންވުމާއެކު އަތުގެ އިޝާރާތުން އެއްވެފައިވާ މީހުންނަށް ހަނާއަޅާފައެވެ

ނަމަވެސް އިޒްރާއިލްއިން ބުނެފައިވަނީ މިއަދު މިނިވަންކުރުމަށް އެއްބަސްވެފައިވާ 29 އަހަރުގެ އިޒްރާއިލްގެ ރައްޔިތެއްކަމަށްވާ އާބެލް ޔެހޫދް މިނިވަންކޮށްފައި ނުވުމަކީ ހަމާސްއިން އެއްބަސްވުމާ ހިލާފްވުން ކަމަށެވެ. އެހެން ކަމުން އެމައްސަލަ ޙައްލުވަންދެން ޣައްޒާގެ އެއްވެސް މީހަކު ޣައްޒާގެ އުތުރަށް ދިއުމަށް ހުއްދަ ދުނޭނެ ކަމުގައި ނަތަންޔާހޫ ވަނީ ބުނެފައެވެ.

އެހެންކަމުން އެނބުރު އުތުރު ޣައްޒާއަށް ދިއުމުގެ އުއްމީދުގައި ތިބި ފަލަޞްޠީޞުގެ އެތައްހާސްބަޔަކަށް އެނބުރި އެމީހުންގެ ގެތަކަށް ދިއުމުގައި އިޒްރާއިލްގެ އަސްކަރިއްޔާގެ ފަރާތުން ހުރަސްއަޅާނެ ކަމަށް ބެލެވެއެވެ. އުތުރު ޣައްޒާ ދޫކޮށް ޣައްޒާގެ އެކި ސަރަޙައްދުތަކަށް ގޮސްފައިވާ އެތައްހާސް ބަޔަކުމިއަދު ތިބީ އުތުރު ޣައްޒާގައި އެމީހުންގެ ގެތަކަށް އެނބުރި ދިއުމުގެ އުއްމީދުގައެވެ.