ޚަބަރުރާއްޖެ

މިދިޔަ ޖެނުއަރީ މަހު މިފްކޯއަށް ކިރުވި މަހަށް 4.2 މިލިއަން ރުފިޔާ ދޫކޮށްފި

February 03, 2025

Share this story

ލިޔުނީ

އަށްޑުވަސް,

މިފްކޯ

މިދިޔަ ޖެނުއަރީ މަހު މިފްކޯއަށް ކިރުވި މަހަށް 4.2 މިލިއަން ރުފިޔާ ދޫކޮށްފި އެވެ. މިފްކޯގެ ހިސާބުތަކުން ދައްކާ ގޮތުން އެއީ 19 ދޯންޏަކުން މިދިޔަ މަހު މިރުވި މަހަށްވާ ފައިސާއެވެ. 19 ދޯނިން މިދިޔަ މަހު 8,324 ޓަނު މަސް މިފްކޯއަށް ވަނީ ކިރުވާފައެވެ.solexsolex

މިފްކޯއިން ބުނީ ވޭތުވެދިޔަ 28 އަހަރުގެ ތެރޭގައި ޖެނުއަރި މަހެއްގައި އެކުންފުންޏަށް އެންމެ ގިނައިން މަސްކިރުވީ މިދިޔަ ޖެނުއަރީ މަހު ކަމަށެވެ. މިފްކޯއަށް މަސްކިރުވާވަރު އިތުރުވެފައިވާކަން މިފްކޯއިން ފާހަގަކުރިއެވެ.

އަދި މިދިޔަ ޑިސެމްބަރު މަހުން ފެށިގެން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުއިއްޒުގެ ވައުދާ އެއްގޮތަށް ކިރުވާ މަހަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރަމުންދާ ކަމަށް މިފްކޯއިން ބުންޏެވެ.