ޚަބަރުރާއްޖެ

ޞައްހަ ވިސާ ނެތް 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް!

February 03, 2025

Share this story

ޞައްހަ ވިސާ ނެތް 3 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ. މޯލްޑިވްސް އިމިގްރޭޝަނުން ބުނީ އެތިން މީހުންނަކި 4 ކެފޭއެއް ބަލާ ފާސްކުރުމުގެ ތެރޭގައި ފާހަގަކުރެވުނު ތިން މީހުން ކަމަށެވެ.solexsolex

މިއަދު ހަވީރު ކުރިއަށް ގެންދިޔަ ރެއިޑް އޮޕަރޭޝަންގައި މާލޭގައި ހިންގަމުންދާ 4 ކެފޭއެއް ބަލައި ފާސްކުރިކަމަށް އިމިގްރޭޝަނުން ބުންޏެވެ. ގަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެމުންދާ ބިދޭސީން ހޯދައި، ބަލައި ފާސްކުރުމުގެ މަސައްކަތް ކުރުމަށް ޓާސްކް ފޯހެއް އެކުލަވާލާ, އެޓާސްކް ފޯސްއިން ދަނީ ހުއްޓުމެއްނެތި މަސައްކަތް ކުރަމުންނެވެ. މިހާތަނަށް ގަވާއިދާ ހިލާފަށް އުޅުނު ގިނަ އަދަދެއްހެ ބިދޭސީން ހޯދާ ބައެއް މީހުން ވަނީ ޑީޕޯރޓްވެސް ކޮށްފައެވެ.

ސަރުކާރުގެ އަމާޒަކީ ތިން އަހަރުގެ ތެރޭގައި ބިދޭސީންގެ މައްސަލައަށް ހައްލެއް ގެނައުމެވެ.