ތަހުގީގެއް ނުނިމޭ, ފަޒުލްގެ ގެއިން ފެނުނު 1.4 މިލިއަން ރުފިޔާ ހަވާލުކޮށްފި
February 04, 2025
Share this story
އުޞޫލުން ބޭރުން ހުޅުމާލެއިން ގޯތި ދިން ކަމުގެ ތުހުމަތުކުރެވޭ އެޗްޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ފަޒުލް ރަޝީދުގެ ގެއިން ފެނުނު 1.4 މިލިއަން ރުފިޔާ އަނބުރާ ހަވާލުކޮށްފިއެވެ. އެކަމަކު އެމައްސަލައިގެ ތަހުގީގެއް އަދި ނުނިމެއެވެ.solex
ހަވާލުކުރީ ފަޒުލުގެ އެޕާރޓްމަންޓުން ފެނުނު ފަފަޒުލްގެ ފައިސާކަމެއްވެސް ފުލުހުން މިއަދު ނުބުނެއެވެ. ފުލުހުން ބުނީ އެޗްޑީސީ ގޯތި މައްސަލައިގައި ތުހުމަތުކުރެވޭ ފަރާތްތަކުގެ އެޕާޓްމަންޓް ބަލާ ފާސްކޮށް, ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ފައިސާއާ ގުޅޭގޮތުން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު ފައިސާގެ ވެރިފަރާތާ ވަނީ ހަވާލުކޮށްފައި ކަމަށެވެ.
މިތަހުގީގުގައި ފައިސާ ފެނުނު ކަމަށް ފުލުހުން ބުނެފައިވަނީ ފަޒުލްގެ އެޕާރޓްމަންޓުންނެވެ. އެހެންކަމުން އަނބުރާ ހަވާލުކުރީ އެފައިސާއެވެ. ފުލުހުން ވަނީ ކޯޓް އަމުރެއްގެ ދަށުން އެމައްސަލައިގެ ތުހުމަތު ކުރެވޭ މީހުން ދިރިއުޅޭ އެޕާރޓްމަންޓްތައް ބަލާ ފާސްކޮށް, އިލެކްޓްރޯނިކް ސާމާނުތައްވެސް ހިފަހައްޓާފައެވެ. އެކަމަކު ފައިސާގެ ވާހަކަ ނޫން ވާހަކައެއް ފުލުހުން މިއަދު ފާހަގައެއް ނުކުރައްވައެވެ.
ފައިސާ އަނބުރާ ހަވާލުކުރު ކަމަށް ފުލުހުން ބުނެފައި މިވަނީ, ސޯޝަލް މީޑިޔާގައި އެވާހަކަ ފެތުރެމުން ދަނިކޮށެވެ.