ޚަބަރުދުނިޔެ

ޓްރަމްޕްގެ ޣައްޒާ ޕްލޭން އަކީ އިޒްރާއިލްއަށް ޣައްޒާ 'މިލްކުކޮށްދިނުން'

February 06, 2025

Share this story

ލިޔުނީ

އަށްޑުވަސް,

ޣާއްޒާޑޮނަލްޑް ޓްރަމްޕް

އިޒްރާއިލް އަކީ މެދުއިރުމަތީގައި އެމެރިކާގެ ޕްރޮކްސީ އެކެވެ. އެމެރިކާއިން ބޭނުންވާގޮތަށް މެދުއިރުމަތީގެ މަޞްރަޙް ބައްޓަން ކުރުމަށް އެމެރިކާއިން ގެންގުޅޭ 'ހައްދުފަހަނައެޅި ބައިގަނޑެކެވެ'. އެކަމަށް ބާރުދޭ ހެއްކަކީ ޣައްޒާ 'މިލްކުރުމަށް' އިއުލާންކުރި ޕްލޭން އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއާއެކު ތިބެ އިއުލާންކުރުމެވެ.solexsolex

ޑޮނަލްޑް ޓްރަމްޕް މީގެ ދެ ދުވަސްކުރިން ވަނީ ފަލަޞްޠީނުގެ އަހުލުވެރިން ގަދަކަމުން އެބިމުންނެރެ އެމެރިކާގެ މިލްކެއްގެ ގޮތުގައި ޣައްޒާ އާރަސްތުކުރުމުގެ ޕްލޭނެއް ވައިޓް ހައުސްގައި އިއުލާންކޮށްފައެވެ. މެދުއިރުމަތީގައި އެމެރިކާގެ ސިޔާސަތު ދަމަހައްޓަނީ އިޒްރާއިލްއިންނެވެ. ޣައްޒާ ސުންނާފަތުކުރުމަށް އެމެރިކާއިން ހަތިޔާރުގެ އެހީތެރިކަން އޮއްސާލީ އެ ހީލަތްތެރި ރޭވުމުގެ ދަށުންނެވެ.

އެ ޕްލޭންގައި ޣައްޒާ އަލުން ބިނާކޮށް ވަޒީފާތައް އުފައްދާ, އިޤްތިޞާދީ ފުދުންތެރިކަމާއެކު ދިގުމުއްދަތަކަށް 'އެމެރިކާގެ ތަނެއްގެ' ގޮތުގައި ޣައްޒާ ވެގެން ދާނެ ކަމުގައި ވަނީ ބުނެފައެވެ. ޓްރަމްޕްގެ ވަނީ މީގެ ކުރިން ޣައްޒާގެ ރައްޔިތުން ގެންދާނީ އަވައްޓެރި އުރުދުން އަށާއި މިޞްރަށް ކަމުގައިވެސް ބުނެފައެވެ.

ނަމަވެސް ޢަރަބި ޤައުމުތަކުން ވަނީ ޓްރަމްޕްވެ މި ސިޔާސަޔާ ކަނޑައެޅިގެން ދެކޮޅުހަދާކަށް އިއުލާންކޮށްފައެވެ. އަދި ޣައްޒާއަކީ ފަލަޞްޠީނުގެ ރައްޔިތުންގެ ވަޒަން ކަމަށާއި އެބިމުން ފަލަޞްޠީނުގެ ރައްޔިތުން ރައްޔިތުން ނެރެލަން ކުރާ އެއްވެސް ކަމަމަށް އެއްބާރުލުން ނުދޭނެ ކަމަށްވެސް ވަނީ ބުނެފައެވެ.

"ޣައްޒާ ކޮންޓްރޯލްކުރަން ޓްރަމްޕް އިޢުލާންކުރި ޕްލޭނަކީ މުޅި މެދުއިރުމަތީގެ ސުލްޙައަށް އޮތް ނުރައްކަލެއް. ޣައްޒާގެ ރައްޔިތުން އެފަދަ ކަމަކަށް ޖާގައެއް ނުދޭނެ" ހަމާސްއިން ޤަބޫލުކުރާ ގޮތުގައި އެމެރިކާގެ ޕްލޭނަކީ ހައްދުފަހަނައެޅި އިޒްރާއިލްގެ ޒަޔަނަނިސްޓް ޖަމާއަތުން ޣައްޒާގެ އަހުލުވެރިން ބިމުން ފޮހެލަން އިއުލާންކުރި ކުރުމެއް ކަމުގައެވެ.

ސައުދި އަރަބިއާ އދި ތުރުކީ ފަދަ ޤައުމުތަކުން މި ޕްލޭނާ ގުޅިގެން ވަނީ ފަލަޞްޠީނު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމުން ނޫނީ އަލުން އިޒްރާއިލްއާ އެކު ގުޅުން ޤާއިމް ނުކުރާނެ ކަމަށްވެސް އިއުލާންކޮށްފައެވެ.އަދި ފަލަޞްޠީނުގެ ރައްޔިތުންގެ ކިބައިން އެމިހުންގެ ވަޒަނުގެ ޙައްގު ނިގުޅައިގަންނަން އެއްވެސް ކަމަކަށް ޖާގަ ދޭ އެއްވެސް ނިންމުމަކަށް މަރުހަބާ ނުކިޔާނެ ކަމަށްވެސް ވަނީ ބުނެފައެވެ.

އިންސާނީ ހައްގުތަކަށް ވަކާލާތުކުރާ އެމްނެސްޓީ އިންޓަނޭޝަނަލް އިން ސިފަކުރި ގޮތުގައި ޢައްޒާ މިހާރު އޮތް ހާލަތަށް ވައްޓާލީ ސީދާ އެމެރިކާއިން އިޒްރާއިލް މެދުވެރިއަކަށް ހަދައިގެންނެވެ. އެމްނެސްޓިން ބުނެފައިވަނީ ޣައްޒާ އަކީ ފަލަޞްޠީންގެ ރައްޔިތުންގެ ވަޒަން ކަމަށާއި އެބިމުގެ ހައްޤުން އެމީހުން މަޙްރޫމް ނުކުރެވޭނެ ކަމުގައި އެމްނެސްޓީގެ އެގްޒެކެޓިވް ޑިރެކްޓަރ ޕޯލް އޯ' ބްރިއެން ވިދާޅުވިއެވެ.