އައިސީސީ ގެ އަމުރު ބޮލާލާ ޖެހުމަށްފަހު ޓްރަމްޕް އައިސީސީ އަށް ފިޔަވަޅު އަޅައިފި
February 07, 2025
Share this story

ބައިނަލްއަޤުވާމީ ޖިނާއި ކޯޓުން ހައްޔަރުކުރުމުގެ އަމުރު ނެރެފައިވާ އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހުއަށް ވައިޓް ހައުސްއިން މީގެ ދެ ދުވަސްކުރިން ވަނީ މަރުހަބާ ކިޔާފައެވެ. މިއާ ވިދިގެން އެމެރިކާއިން ވަނީ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައިސީސީ) އަށް ފިޔަވަޅު އެޅުމުގެ އެންމެ މަތީ ފެންވަރުގެ އަމުރެއްވެސް ނެރެފައެވެ.solex
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސޮއިކޮށް ނެރުނު އަމުރުގައި ބައިނަލް އަޤުވާމީ ޖިނާއީ ކޯޓުގެ ޖަޖުންނަށްށާއި މުވައްޒަފުންނަށް ދަތިކުރުމުގެ ފިޔަވަޅުތައް އެޅުމަށް ވަނީ އަމުރުކޮށްފައެވެ. އޭގެ ތެރޭގައި އެފަރާތްތަކަށް އިޤްތިޞާދީ ގޮތުންނާއި ދަތުރު ފަތުރުކުރުމަށް ދަތިކުރާ މާއްދާތަކެއްވެސް ހިމެނެއެވެ.
އެ އަމުރާ ގުޅިގެން ހައްގުތަކަށް ވަކާލާތުކުރާ ގްރޫޕްތަކުން އަދި ވިލާތުގެ އިއްތިހާދު (އީޔޫ) އިންވަނީ ކަންބޮޑުވުން ފާޅުކޮށް އެކަމަށް ވަރަށް ބޮޑަށް ފާޑު ކިޔާފައެވެ.
"ޓްރްމްޕްގެ އަމުރަކީ ކޯޓުގެ މިނިވަންކަމަށް ބިރުދެއްކުން އަދި ބައިނަލްއަޤުވާމީ އަދުލުގެ ނިޒާމުގެ ހައިބަތު ގެއްލޭފަދަ ނިންމުމެއް" ވިލާތުގެ އިއްތިހާދުގެ ރައީސް އެންޓޯނިއޯ ކޮސްޓާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވެއެވެ.
އައިސީސީގެ ރައީސް އާއެކު ނަގާފައިވާ ފޮޓޯއަކާއެކު ކޮސްޓާ ކޮށްފައިވާ ޕޯސްޓެއް ރީޕޯސްޓްކޮށް ޓްރަމްޕްގެ ނިންމުމަށް ކޮސްޓާގެ ފާޑުކިއުން އަމާޒުވެފައިވާއިރު ކުރީގެ ޕޯސްޓްގައި އޭނާ ވަނީ އައިސީސީއަކީ ދުނިޔޭގައި އެންމެ ބިރުވެރި ހާލަތްތަކުގެ ޝިކާރައަކަށްވާ ފަރާތްތަކަށް އިންސާފު ހޯދައިދިނުމުގައި މުހިއްމު ދައުރެއް އަދާކުރާ ތަނެއްކަން ފާހަގަކޮށްފައެވެ.