ފަލަޞްޠީނުގެ ރައްޔިތުންނަށް ސައުދި އެރޭބިއާގައި ދައުލަތެއް ހެދިދާނެ: ނަތަންޔާހޫ
February 08, 2025
Share this story

ފަލަޞްޠީނުގެ ދަޢުލަތް ފަލަޞްޠީނުގައި ހެދުމުގެ ބަދަލުގައި ސައުދި އެރޭބިއާގައި ފަލަޞްޠީނުގެ ރައްޔިތުންނަށް ދައުލަތެއް ހެދިދާނެކަމަށް އިޒްރާއިލްގެ ބޮޑުވަޒީރު ބެންޖމިން ނަތަންޔާހޫ ބުނެފިއެވެ. solex
ނަތަންޔާހޫ މިހެންބުނެފައިވަނީ އިޒްރާއިލްއާއި ސައުދި އެރޭބިއާގެ ގުޅުން އާދައިގެވާނެކަމަށް ބެލުމަކީ ދުރުގައިވާ ކަމެއްކަމަށް ބެލެވިފައިވާ ދަނޑިވަޅެއްގައެވެ.
"ސައުދި އެރޭބިއާގައި ފަލަޞްޠީނުގެ ދައުލަތެއް ހެދިދާނެ.އެތާގައި ބައިވަރު ބިންވެސް އެބައޮތް" އިޒްރާއިލް ގެ ޗެނަލް 14 އަށް ދިން އިންޓަވިއުއެއްގައި ނަތަންޔާހޫ ބުނެފައި ވެއެވެ.
ސައުދި އެރޭބިއާއިބިން ފަލަޞްޠީނުގެ ދައުލަތް ޤާއިމްނުކުރަނީސް އިޒްރާއިލްއާ އަލުން ގުޅުން ބަދަހިނުކުރާނެކަމަށް ގޮވާލާ އަޑު މި ފަހުން ވަނީ ގަދަވެފައެވެ. ނަމަވެސް އިޒްރާއިލް ވަނީ ފަލަޞްޠީނުގެ ހުށަހެޅުމަށް އިންކާރުކޮށް, އެއީ އިޒްރާއިލްއަށް ސަލާމަތީގޮތުން ނުރައްކަލެއް ކަމަށް ބުނެފައެވެ.
ނަތަންޔާހޫގެ އިންޓަވިއުއަސްފަހުވެސް ސައުދި އެރޭބިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނި ފަލަޞްޠީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް އެޤައުމުން ދަމަހައްޓަމުން އަންނަ ސްޓޭންޑަށް ބަދަލެއް ނާންނާނެ ކަމުގައެވެ.