އީ-ފާސް މެދުވެރިކޮށް ނޫންގޮތަކަށް ޕާޓީތަކަށް މީހުން ނުވެއްދޭނެކަމަށް ކަނޑައަޅާ ޤަވައިދު ބަދަލުކޮށްފި
February 13, 2025
Share this story

ލިޔުނީ
އަށްޑުވަސް,
ސިޔާސީ ޕާޓީތަކަށް މީހުން 'ވަގަށް' ވެއްދުން އިތުރުވެފައިވާ މަސައްލައަށް ހައްލެއް ހޯދުމުގެ ގޮތުން މީގެ ފަހުން އިލެކްޝަން ކޮމިޝަނަށް ފޯމު ހުށަހެޅޭނީ އީ-ފާސް މެދުވެރިކޮށް ކަމަށް ކަނޑައަޅައިފިއެވެ. އީސީން މިއަދު ގެޒެޓްކޮށްފައިވާ ސިޔާސީ ޕާޓީތަކުގެ ޤަވާއިދަށް ގެނެސްފައިވާ އިސްލާހުގައި ބުނެފައިވަނީ މީގެ ފަހުން އަލަށް ޕާޓީއެއް އުފައްދަން ހުށަހަޅާ 3000 މީހުންގެ ފޯމާއި, އަދި މިހާރު ހުރި ޕާޓީތަކަށް މެމްބަރުން އިތުރުކުރަން ފޯމް ހުށަހެޅޭނީ 'ސިމެދަ' ޕޯޓަލް މެދުވެރިކޮށް ކަމަށެވެ. solex
ސިމެދަ ޕޯޓަލް މެދުވެރިކޮށް އީސީގެ އޮންލައިން ޕޯޓަލްއަށް ޕާޓީތަކަށް މެމެބަރުން ވެއްދޭނީ އީ-ފާސް އެޕްލިކޭޝަން ބޭނުންކޮށްގެންނެވެ. އަދި ސިމެދަ ޕޯޓަލްއިން ޕާޓީގެ ދަފްތަރުގައި އެމީހަކު ހިމެނުގެ ކުރިން ޝަކުވާއެއް އޮތްތޯ ބެލުމަށް އިއުލާން ކުރަންވެސް އަލަށްގެނައި އިސްލާޙްގައި ވަނީ މަޖުބޫރުކޮށްފައެވެ.
މީގެ އިތުރުން އެ އިސްލާޙްގެ ދަށުން އޮންލައިންކޮށް ހުށަހަޅާ ފޯމްތައް ޕާޓީތަކުން 10 އަހަރުގެ މުއްދަތަށް ބެލެހެއްޓުމަށްވެސް ޕާޓީތަކަށް މަޖުބޫރުވާނެއެވެ.
ގިނަ އަދަދެއްގެ ވަގު ފޯމްތަކެއް ބޭނުންކޮށްގެން ވެރިކަންކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އިން ދާދީ ފަހުން އެ ޕާޓީއަށް މެމްބަރުން އިތުރުކުރި ގިނަ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. އަދި އެމައްސަލާގައި އެންމެ ބޮޑަށް ތުހުމަތުކުރެވޭ ހޯމް މިނިސްޓަރު ޢަލީ އިޙްސާންގެ އިތުބާރު ނެތްކަމުގެ މައްސަލަ އިދިކޮޅު މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕާލިމެންޓަރީ ގްރޫޕުންވެސް ވަނީ ހުށަހަޅާފައެވެ. އެކަމާ ގުޅޭ ބައެއް މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން އަދި ފުލުހުންވެސް ދަނީ ތަޙްޤީގް ކުރަމުންނެވެ.