ޚަބަރުރާއްޖެ

ކުޑަކުއްޖަކާ ޖިންސީ ޢަމަލެއް ހިންގުމުގެ ކުށުގައި އުމުރަށް ޖަލަށްލި ކާފަ މަރުވެއްޖެ

February 14, 2025

Share this story

ލިޔުނީ

އަށްޑުވަސް,

ކަރެކްޝަން

ހުޅުމާލޭ ޖަލުގައި 25 އަހަރުގެ ޙުކުމް ތަންފީޛުކުރަމުން ދިޔަ ގއ. ކަނޑުހުޅުދޫ، ރިހިވެލި، އިބްރާހިމް ދީދީ (67 އަހަރު) ރޭ ދަންވަރު ކުއްލި ގޮތަކަށް ނިޔާވެއްޖެއެވެ. އިބްރާހީމް ދީދީއަކީ ގއ.ކަނޑުހުޅުދޫން ކާފަ ދަރިއަކަށް (ކުޑަކުއްޖެއް) ޖިންސީގޯނާ ކޮށްގެން ޖަލަށް ހުކުމްކުރި މީހެކެވެ.solexsolex

ކަރެކްޝަނަލް ސަރވިސް އިން ބުނީ އިބްރާހިމް ދީދީ ރޭ ހޭލާ އުޅެނިކޮށް ކުއްލިއަކަށް ވެއްޓުމާއި ގުޅިގެން މެޑިކަލް ޓީމްއިން ބަލައި، އަވަސް ފަރުވާ ދިނުމުންވެސް ހަރަކާތެް ނުކުރާތީ، އޭނާ އެމަޖެންސީ ޙާލަތުގައި ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދޭން ފެށި ކަމަށެވެ. ފަރުވާ ދިނުމަށްފަހުވެސް ހަރަކާތެއް ނެތުމުން، އޭނާ ނިޔާވެފައިވާކަމަށް ކަނޑައެޅީ 2:40 ހާއިރު ކަމަށް ކަރެކްޝަނަލް ސަރވިސަސް އިން ބުންޏެވެ.

އިބްރާހީމް ދީދީ އަކީ ހައި ބަލްޑް ޕްރެޝަރ، ކޮލެސްޓްރޯލް އަދި ޓްރެމަރސް، ފަދަ ބަލިތަކަށް ބޭސްކުރަމުން އައި މީހެއް ކަމަށްވެސް ކަރެކްޝަނުން ބުންޏެވެ. އިބްރާހިމް ދީދީ ނިޔާވުމާ ގުޅިގެން އެކަން އޭނާގެ ޢާއިލާއަށާއި އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްއަށާއި މޯލްޑިވްސް ޕޮލިސް ސަރވިސްއަށާއި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސްއަށާއި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަން އަށް އަންގާފައިވާ ކަމަށް އެއިދާރާއިން ބުންޏެވެ.