ރައީސް ސާލިޙް ވަނީ ދިވެހި ގައުމާއި ރައްޔިތުންނަށް ޙިޔާނާތްތެރިވެފައި، މަގާމުން ދުރުކުރަން ޖެހޭ: ސަލަފް
May 06, 2023
Share this story
ލިޔުނީ
އަށްޑުވަސް,
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙް ވަނީ ދިވެހި ގައުމަށާއި ރައްޔިތުންނަށް ޙިޔާނާތްތެރިވެފައި ކަމަށާއި ރައީސް ކަމުގެ މަގާމުން އިބްރާހިމް މުހައްމަދު ސާލިޙް ދުރުކުރުމަކީ ގައުމީ މަސްލަހަތެއް ކަމަށް ސަލަފް ޖަމްއިއްޔާއިން ބުނެފިއެވެ. solex
ސަލަފްގެ ރައީސް އައްޝައިހް އަބްދުﷲ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަކީ ގައުމީ މަސްލަހަތެއް ކަމަށެވެ.
"ޗާގޯސް މައްސަލައިގައި ގައުމާއި ރައްޔިތުންނަށް ހިޔާނާތްތެރިވެފައިވާތީ ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވެއްދުމަކީ ގައުމީ މަސްލަހަތެއް،" އޭނާ ވިދާޅުވި އެވެ.
ޝައިހް އަބްދުﷲ ވިދާޅުވި ގޮތުގައި ޗާގޯސް މައްސަލައަކީ ރާއްޖޭގެ ޖިއޮގްރަފީ އިމާ ގުޅިފައިވާ ސަރަޙައްދީ، ސިޔާދަތީ، ސީރިއަސް މައްސަލައެކެވެ.
އެ މައްސަލަ ބެލެންޖެހޭނެ ކަމަށާއި ގައުމުގެ އިމަކީ ބޮޑު އަމާނާތެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ދީނީ ޖަމިއްޔާއެއްގެ ގޮތުގައި ރަޖިސްޓްރީކޮށްފައިވާ ސަލަފު ޖަމިއްޔާއިން ސިޔާސީ ކަންކަމުގައި ވަރަށް ބޮޑަށް ފާޑު ކިޔައި ބަޔާންތައް ނެރޭކަން ފާހަގަކުރެވެ އެވެ.